މެރިން އެކުއިޕްމަންޓްގެ ޝޯރޫމް --
ދިވެހިރާއްޖޭގެ ކަނޑުދަތުރުފަތުރުގެ ސިނާއަތަށް ޚާއްސަ ކުރެވޭ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ މޯލްޑިވްސް ބޯޓިންގ އެވޯޑްސް 2026 ގެ އޮންލައިން ވޯޓުލުން މިހާރު ރަސްމީކޮށް ހުޅުވާލައިފިއެވެ.
މި އެވޯޑުތަކުގައި "މެރިން މާސްޓަރ އަދި މެރިން އިކުއިޕްމަންޓް" އަށް ވޯޓުދިނުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.
މެރިން މާސްޓަރ އަދި މެރިން އިކުއިޕްމަންޓްސްއިން މިފަހަރުގެ ބޯޓިންގ އެވޯޑްސްގައި ތިން ކެޓަގަރީއަކުން ވާދަކުރެއެވެ. އެއީ:
ބެސްޓް ޕްރޮޑަކްޝަން ފައިބަރ ވެސެލް (10-15 މީޓަރު): ދިވެހި ކަނޑުފަޅަށް އެކަށޭނެ ގޮތަށް އުފައްދާފައިވާ، 10 މީޓަރާއި 15 މީޓަރާ ދެމެދުގެ ފައިބަރ އުޅަދުގެ އެންމެ ރަނގަޅު އުފެއްދުންތެރިންގެ ގޮތުގައި "މެރިން މާސްޓަރ 39 އަދި މެރިން މާސްޓަރ 49"
ބޯޓު އިކުއިޕްމަންޓް ސަޕްލަޔަރ އޮފް ދަ ޔިއަރ: ބޯޓުތަކަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުގައި އެންމެ ރަނގަޅު ޚިދުމަތްދޭ ފަރާތުގެ ގޮތުގައި. "މެރިން އިކުއިޕްމެންޓްސް"
ޑޮކް ޔާޑް އޮފް ދަ ޔިއަރ: އުޅަނދުފަހަރު މަރާމާތުކޮށް ބެލެހެއްޓުމުގައި އެންމެ ރަނގަޅު ޚިދުމަތްދޭ ޑޮކް ޔާޑުގެ ގޮތުގައި. "މެރިން މާސްޓަރ ބޯޓު ޔާރޑް"
މި ކެޓަގަރީތަކުން މެރިން މާސްޓަރ އަދި މެރިން އިކުއިޕްމަންޓްސްއަށް ވޯޓުދެއްވުމަށް، އެވޯޑުގެ ރަސްމީ ވެބްސައިޓް https://www.boatingawards.mv އަށް ޒިޔާރަތްކުރުމަށްފަހު، "Vote Now" ބަޓަންއަށް ފިއްތައިގެން ވޯޓުލެވޭނެއެވެ. ވޯޓުލުމުގެ ސުންގަޑިއަކީ 2026 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުގެ ރޭ ދަންވަރު 12:00 (މެންދަމު) އެވެ.
ރާއްޖޭގެ ކަނޑުދަތުރުފަތުރުގެ ސިނާއަތުގައި ފާހަގަކޮށްލެވޭ ފަރާތްތަކަށް ހިތްވަރުދީނުމަށް، އެންމެހާ ފަރާތްތަކުން ވޯޓުލުމުގައި ބައިވެރިވުމަށް އެވޯޑު އިންތިޒާމުކުރާ ފަރާތުން ވަނީ އިލްތިމާސްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް