އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް)ގެ ލެކްޗަރާއިން ބޭނުންކުރާ ލެޕްޓޮޕްތަކެއް ވަގަށް ނަގައިފިއެވެ.
ވަގަށް ނަގާފައިވަނީ އެންމެ ލެޕްޓޮޕެއް ނޫން ކަމަށާއި، ވަގަށް ނަގާފައިވާ ލެޕްޓޮޕް ތަކުގައި އެކި ކޯސް ތަކުގެ ޓެސްޓް ޕޭޕަރުތައް ހުންނާނެ ކަމަށް އައިޔޫއެމްގެ ލެކްޗަރާއަކު ބައެއް މީޑިއާ ތަކަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.
މީގެ އިތުރުން އައިޔޫއެމްގެ ސެންޓަރ ފޯ ޕޯސްޓް ގްރެޖުއޭޓްގެ ޑީން، ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ ގެންގުޅުއްވާ ހާޑް ވެސް ވަނީ ވަގަށް ނަގާފައެވެ.
އެނގިފައިވާ ގޮތުގައި ވަގަށް ނަގާފައިވަނީ ހަތަރު ލެޕްޓޮޕެވެ.
ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އައިޔޫއެމްގެ ލެޕްޓޮޕްތަކެއް ވަގަށް ނެގި މައްސަލަ މިއަދު ހެނދުނު އެ އިދާރާ އަށް ހުށަހަޅާފައިވާ ކަމަށާއި، މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި ތަހުގީގުކުރަމުންދާ މައްސަލައަކަށް ވާތީ އިތުރު ތަފްސީލް ދެވެން ނެތް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ފަހު އިމްތިހާން ނޮވެންބަރު 9 ގައި ފެށޭއިރު މި މައްސަލާއާ ގުޅޭ ގޮތުން އައިޔޫއެމްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް