ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ މުހައްމަދު (އަބުޅޯ)ގެ މެމްބަރުކަން ވެސް ނުގެއްލޭ ކަމަށް ސްޕްރީމް ކޯޓުން ދެންމެ ނިންމައި ހުކުމް ކޮއްފިއެވެ.
އަބުޅޯގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާއިރު، ގޮނޑި ގެއްލުނު ކަމަށް އީސީ އިން ނިންމި 12 މެމްބަރުންގެ ތެރެއިން ފަސް މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ވަނީ ނިންމާފައެވެ.
އަދި އިތުރު ތިން މެމްބަރެއްގެ ގޮނޑީގެ މައްސަލާގައި ހުކުމް އިއްވަން ސުޕްރީމް ކޯޓުގައި މިއަދު ތާވަލު ކޮއްފައި ވެއެވެ.
އެހެން ކަމުން އެ ތިން މެމްބަރުންގެ ވެސް ގޮނޑި ނުގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމާނެ ކަމުގައި ބެލެވެއެވެ.
އެއައްފަހު ބާކީ ތިބި ހަތަރު މެމްބަރުންގެ ގޮނޑީގެ މައްސަލައިގެ އަޑު އެހުންތައްވެސް މިހާރު ވަނީ ހުކުމާއި ހަމައަށް ގޮސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް