ޢައްޒާގައި ޔަހޫދީ ސިފައިން އިއްޔެ ދިން ހަމަލާއެއްގައި ކުޑަ ތިން ކުއްޖަކު ޝަހީދުކޮށްލާފައިވާކަމަށް ޣައްޒާގެ ސިއްހީ އޮފިޝަލުން ބުނެފިއެވެ.
ޝަހީދުކޮށްލާފައިވަނީ 13 އަހަރުގެ ދެ ކުއްޖަކާއި 14 އަހަރުގެ ކުއްޖެކެވެ. އިޒްރޭލުން ބުނެފައިވަނީ ބަޑިޖަހަން މަޖުބޫރުވީ ބޯޑަރު ފެންސުން ބައެއް ގޮއްވާލަން އުޅުމުން ކަމަށެވެ.
މާރިޗް މަހުން ފެށިގެން މިހާތަނަށް ޣައްޒާގައި 216 މުސްލިމަކު ޝަހީދުކޮށްލާފައިވެއެވެ.
ފަލަސްތީނާއި އިޒްރޭލު މަސްރަހު މި ފަހަކަށް އައިސް ހޫނުވެފައިވަނީ އިޒްރޭލުގައި ހުންނަ އެމެރިކާ އެމްބަސީ ގުދުސްއަށް ބަދަލުކުރަން އެމެރިކާއިން ނިންމާ އެކަން ކުރި ހިސާބުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް