އިންޑިއާގެ ދިއްލީގައި އަށް އަހަރުގެ އަންހެންކުއްޖަކު މަރާލައި، ފޮއްޓަކަށް ލާފައި އޮއްވާ ފެނިއްޖެއެވެ.
އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި އެ ކުއްޖާ މަރާލައި، ފޮއްޓަކަށް ލާފައި އޮއްވާ ފެނުނީ ދިއްލީ ބަޔޯ ޑައިވާސިޓީ ޕާކް ކައިރިން މަގުމަތިންނެވެ.
ދިއްލީ ފުލުހުން ބުނެފައިވާގޮތުގައި އެކަން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އިއްޔެ ހެނދުނު 07:30ގައެވެ.
"އެ ފޮށި ހުޅުވިއިރު ކުޑަ ކުއްޖެއްގެ ހަޑިގަނޑު އޮތް" ދިއްލީ ފުލުހުންގެ ޑެޕިއިޓީ ކޮމިޝަނަރ އޮފް ޕޮލިސް ނުޕޫރް ޕްރަސާދު ބުނެފައިވެއެވެ.
އޭނާ ބުނެފައިވަނީ އެ ކުއްޖާގެ ކަރުގައި ނިޝާންތަކެއް ހުރި ކަމަށާއި ނަމަވެސް ޖިންސީ ގޯނާ ކޮށްފައިވާކަމަށް އަދި ނުނިންމާ ކަމަށެވެ. އެފަދަ ނިންމުމެއް ނިންމަން އެނގޭނީ ޕޯސްޓްމޯޓަމް ރިޕޯޓް ލިބުމުން ކަމުގައި ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ އެ ކުއްޖާއަކީ ކާކުކަން އަދި ދެނެގަނެވިފައި ނުވާކަމަށާއި އެ ސަރަހައްދުގެ ސީސީ ޓީވީ ފުޓޭޖްތައް މިހާރު ބަލަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް