ބްރެޒިލްގެ އައު ރައީސަކަށް މަޖިލިސް މެމްބަރު ޖައީރު ބޯސޮނާރު

ބްރެޒިލްގައި އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ކަނާތު ފިޔައިގެ މަޖިލިސް މެމްބަރު ޖައީރު ބޯސޮނާރު ކާމިޔާބު ކުރައްވައިފިއެވެ. ބޯސޮނާރު ބްރެޒިލްގެ ރިޔާސީ އިންތިހާބު ކާމި...

29 Oct 2018 | 02:41

ބްރެޒިލްގައި އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ކަނާތު ފިޔައިގެ މަޖިލިސް މެމްބަރު ޖައީރު ބޯސޮނާރު ކާމިޔާބު ކުރައްވައިފިއެވެ.

ބޯސޮނާރު ބްރެޒިލްގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާފައިމިވަނީ ވޯކާސް ޕާޓީގެ ވައަތު ފިޔައިގެ މެމްބަރު ފަރްނާންދޯ ދާއްޖީ އާއި ވާދަކޮށެވެ. ދާއްޖީއަށް 44.8 އިންސައްތަ ވޯޓު ލިބިފައިވާއިރު ބޯސޮނާރު އިންތިހާބު ކާމިޔާބު ކުރެއްވީ 55.2 އިންސައްތައިގެ ވޯޓުންނެވެ.

މިލިޓަރީއާއި ގާތް ގުޅުމެއް އޮންނަ އަދި ބްރެޒިލް އަރމީގެ ކުރީގެ ކެޕްޓަންކަން ކުރައްވާފައިވާ ބޯސޮނާރު އިންތިހާބު ކާމިޔާބު ކުރައްވާފައިވާއިރު އޭނާގެ އުމުރުފުޅަކީ 63 އަހަރެވެ.

ކާމިޔާބީގެ އުފާ އޭނާއަށް ތާއީދުކުރާ ފަރާތްތަކުން ފާޅުކުރަމުން އަންނައިރު ބޯސޮނާރު ވެރިކަމަށް ކުރިމަތިލެއްވީ ބޮޑެތި ވައުދުތަކެއް ވުމަށްފަހުއެވެ. އެގޮތުން އެ ގައުމުން ކޮރަޕްޝަން ނައްތާލުން އެއީ އޭނާގެ އެންމެ މުހިންމު ވައުދުކަމުގައި ކެމްޕޭނުތަކުގައި ބުނެފައިވެއެވެ.

އިއްޔެގެ އިންތިހާބުގައި ގިނަ ބަޔަކު ވޯޓުގައި ބައިވެރިވެފައިވާއިރު އިންތިހާބު ދިޔައީ ވަރަށް އޮމާންކޮށް ކަމުގައި ބްރެޒިލްގެ އިލެކްޓޯރަލް ބޮޑީން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް