ފަލަވާން ބޭނުންތަ ! މަހެއްހާ ދުވަސްތެރޭގައި ފަލަވެވިދާނެ

ފަލަ ވުމަކީ ހަމަ ވަރަށް ފަސޭހަ ކަމެކޭ ހިތަށް އަރާފާނެއެވެ. ނަމަވެސް ހިކުމެކޭ އެއްގޮތަށް ފަލަ ވުމަކީވެސް ބައެއް ހާލަތްތަކުގައި އަދި ހާއްސަކޮށް ބައެއް މީހުންނަށް ވަރަށް އުނދަގޫ ކަމަކަށްވެއެވެ. ކައިކައިގ...

29 Oct 2018 | 01:46

ފަލަ ވުމަކީ ހަމަ ވަރަށް ފަސޭހަ ކަމެކޭ ހިތަށް އަރާފާނެއެވެ. ނަމަވެސް ހިކުމެކޭ އެއްގޮތަށް ފަލަ ވުމަކީވެސް ބައެއް ހާލަތްތަކުގައި އަދި ހާއްސަކޮށް ބައެއް މީހުންނަށް ވަރަށް އުނދަގޫ ކަމަކަށްވެއެވެ. ކައިކައިގެން ފަލަ ނުވާނެކަން ހަމަގައިމުވެސް ފަލަވާން ބޭނުންވެ ފަލަ ނުވެވި ތިބި މީހުންނަށް އެނގޭނެއެވެ.

"ކާބްސް" އަށް ސަމާލުކަން ދިނުން

ފަލަ ވާން ބޭނުންނަމަ މުހިންމު އެއް ކަމަކީ "ކާބޯ ހައިޑްރޭޓްސް" އެކުލެވޭ ކެއުންތަކަށް ސަމާލުކަން ދިނުމެވެ. އެގޮތުން ޕާސްތާ، ބަތް، އަލުވި އަދި ސީރިއަލްސް އަކީ އޭގައި ގިނަ އަދަދަކަށް ކާބޯ ހައިޑްރޭޓްސް އެކުލެވޭ ކެއުންތަކެވެ. ކިރަށް އެކި ބާވަތުގެ ބަދަން އަޅައިގެން ބުއިމަކީވެސް "ކާބޯ ހައިޑްރޭޓްސް" އިތުރު ކުރުމަށް ކުރެވިދާނެ ކަމެކެވެ.

"ކެލަރީ" އަށް ސަމާލުކަން ދިނުން

ފަލަވާން ބޭނުން ނަމަ ހަށިގަނޑަށް ކެލަރީ ލިބޭ މިންވަރު ހަފްތާއަކުން ހަފްތާއަކުން އިތުރު ކުރުން ރަނގަޅެވެ. ކުއްލިއަކަށް އިތުރު ކޮށްލައިފި ނަމަ ސިއްހަތަށް ނުރައްކާވެދާނެކަމުގައި ޑަކުޓަރުން ބުނެތެވެ. މިސާލަކަށް ބުނާނަމަ ކޮންމެ ދުވަހަކު 100 ކެލަރީން އިތުރު ކުރަމުން ގެންދެވިދާނެއެވެ. ބައެއް މިސާލު ހާމަކޮށްލާނަމެވެ.

ޗޮކޮލެޓްގެ 100 ގްރާމްގައި 535 ކެލަރީ ހުރެއެވެ.

ޕީނަޓް ބަޓަރގެ 100 ގްރާމްގައި 589 ކެލަރީ ހުރެއެވެ.

100 ގްރާމް ބަދަނުގައި 576 ކެލަރީ ހުރެއެވެ.

100 ގްރާމް އޮލީވް އޮއިލްގައި 884 ކެލަރީ ހުރެއެވެ.

އެއް ވަގުތެއްގައި ގިނައިން ކެއުމުގެ ބަދަލުގައި ކާ ވަގުތުތައް ގިނަ ކޮށްލުން

މަހެއްހާ ދުވަސްތެރޭގައި ފަލަވާން ބޭނުން ނަމަ ދުވާލަކު މަދުވެގެން ހަތަރު ވަގުތު ކާން ވާނެ ކަމުގައި މިކަމުގެ މާހިރުން ބުނެތެވެ. ކެއުމުގެ ވަގުތު އިތުރު ކޮށްލުމުން "މެޓަބޮލިޒަމް" ރޭޓު އިތުރުވާނެ ކަމުގައި އެމީހުން ބުނެތެވެ. ނަމަވެސް ކެއުމުގައި ބައެއް ކަންކަމަށް ސަމާލުކަން ދޭންވާނެއެވެ.

އެގޮތުން ވަށާޖެހޭ ޑައިޓެއް ހިޔާރު ކުރުން މުހިންމެވެ. އެ ޑައިޓްގައި ނިއުޓްރިއެންޓްސް އާއި ޕްރޮޓީންސް އާއި ސިއްހަތަށް ފައިދާހުރި ފެޓްސްގެ އިތުރުން ކާބޯ ހައިޑްރޭޓްސް ހިމަނަން ވާނެ އެވެ.

މީގެ އިތުރުން ކާއިރު ބޮޑެތި ތަށީގައި ކެއުމާއި ގިނައިން ކިރު ބުއިމާއި ގިނައިން ނިދުމަކީ ފަލަވާން ފަސޭހަ ވާނެ ކަންކަންކަމުގައި ބުނެތެވެ. ފަލަވާން ބޭނުންވާ ދުވަހުގެ ކިޔުންތެރިންނަށް ކާމިޔާބީއަށް އެދެމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް