ރާސްޓަސް މެދުވެރިކޮށް ބިލް ދެއްކޭގޮތް އުރީދޫއިން ހަދައިފި

ރާސްޓަސް މެދުވެރިކޮށް ބިލަށް ފައިސާދެއްކޭގޮތް އުރީދޫއިން ހަދައިފި އެވެ. އުރީދޫއިން ބުނީ މިއަދުން ފެށިގެން ކަސްޓަމަރުންނަށް ފަސޭހަކަމާއި އެކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަ ރާސްޓަސް ޑީލަރުން މެދ...

29 Oct 2014 | 10:06

ރާސްޓަސް މެދުވެރިކޮށް ބިލަށް ފައިސާދެއްކޭގޮތް އުރީދޫއިން ހަދައިފި އެވެ.

އުރީދޫއިން ބުނީ މިއަދުން ފެށިގެން ކަސްޓަމަރުންނަށް ފަސޭހަކަމާއި އެކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަ ރާސްޓަސް ޑީލަރުން މެދުވެރިކޮށް މޯބައިލް ބިލަށް ފައިސާ ދެއްކޭނެ ކަމަށެވެ. ބިލަށް ފައިސާ ދެއްކުމަށް، ނަމްބަރާއި ފައިސާ ދިނުމުން ރާސްޓަސް ހިދުމަތް ދޭ ފަރާތް މެދުވެރިކޮށް ވަގުތުން ބިލަށް ފައިސާ ދެއްކޭނެ ކަމަށެވެ.

އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ މި ހިދުމަތް ތައާރަފްކުރީ އެ ކުންފުނީގެ ކަސްޓަމަރުންގެ އަދަދު ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިތުރުވަމުން ދާތީ ފަސޭހައިން ރާއްޖޭގެ ކޮންމެ ތާކުން ވެސް ޚިދުމަތްތައް ހޯދަން އެހީވެދިނުމުގެ ގޮތުން ކަމަށެވެ. ވިކްރަމް ވިދާޅުވީ ރާސްޓަސް މެދުވެރިކޮށް ބިލް ދެއްކުމުގެ ހިދުމަތް މެދުވެރިކޮށް މިހާރު ކަސްޓަމަރުންނަށް ޕްރީޕެއިޑްއެއް ރީޗާޖްކުރާހާ ފަސޭހައިން ކޮންމެ ތާކުންވެސް ބިލަށް ފައިސާ ދެއްކޭނެ ކަމަށެވެ.

އުރީދޫ އިން ބުނީ ރާސްޓަސް މެދުވެރިކޮށް ބިލް ދެއްކުމުގެ އިތުރުން، އުރީދޫގެ ފިހާރަތަކުގެ އިތުރުން މައި އުރީދޫ މެދުވެރިކޮށް އޮންލައިންކޮށް އަދި ބީއެމްއެލްގެ އިންޓަނެޓް ބޭންކިން މެދުވެރިކޮށްވެސް ބިލް ދެއްކޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް