ބޮޑު ބަންދާއި ދިމާކޮށް މޯލްޑިވިއަންގެ ދަތުރުތައް އިތުރު ކުރަނީ

ކުރިޔަށް އޮތް ބޮޑު ބަންދާއި ދިމާކޮށް މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގެ ދަތުރުތައް އިތުރު ކުރާނެކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފި އެވެ.ދުވަހަށް މައުލޫމާތުދެއްވަމުން އައިލެންޑް އޭވިއޭޝަންގެ ހެޑ...

29 Oct 2014 | 10:05

ކުރިޔަށް އޮތް ބޮޑު ބަންދާއި ދިމާކޮށް މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގެ ދަތުރުތައް އިތުރު ކުރާނެކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފި އެވެ.ދުވަހަށް މައުލޫމާތުދެއްވަމުން އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު ވިދާޅުވީ، ކޮންމެ އަހަރަކުވެސް އަހަރު ނިމޭކޮޅު ކަމަށްވާ ބޮޑު ބަންދާ ދިމާކޮށް ދަތުރުތަކަށް ވަރަށް ބޮޑަށް ބާރު ބޮޑުވާކަމަށާއި، އެހެންވެ ކޮންމެ އަހަރަކުވެސް ދުރާލާ ތައްޔާރުވާ ކަމަށެވެ. ނަޝާތު ވިދާޅުވީ މިއަހަރު ފްލައިޓްތައް އިތުރު ކުރާނީ ޑިމާންޑަށް ބަލައިގެން އެ ސަރަހައްދުތަކަށް ކަމަށާއި، ޑިމާންޑް އިތުރުވާ އަތޮޅުތަކަށް އިތުރު ފްލައިޓްތައް ބާއްވާނެކަމަށެވެ.

ބޭރު ގައުމުތަކުގެ ތެރެއިން މޯލްޑިވިއަން ދަތުރު ކުރާ މަންޒިލްތަކުގެ ތެރެއިން ޓްރެވެންޑްރަމް ފިޔަފާ އެހެން މަންޒިލްތަކަށް ފްލައިޓް އިތުރު ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ނަޝާތު ވިދާޅުވީ ޓްރެވެންޑްރަމްއަށް ބާރު ބޮޑުވާނަމަ ބޭނުން ކުރާނީ އެ ކުންފުނިން ބޭނުން ކުރާ އެންމެ ބޮޑު ބޯޓު ކަމަށެވެ.

"އާންމުކޮށް ޑޮމެސްޓިކް ދަތުރުތަކުގައި ބާރު ބޮޑުވަނީ. އެހެންވެ އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް ޑިމާންޑު އޮންނަ ސަރަހައްދު ތަކަށް ފްލައިޓްތައް އިތުރު ކުރާނި. ދެން ބޭރަށް ކުރާ ދަތުރުތަކުގެ ތެރެއިން ބާރު ބޮޑުވަނީ ޓްރެވެންޑްރަމް ދަތުރުތަކަށް. އެ ދަތުރުތަކަށް ނިންމާފައި އޮންނާނި، ބޭނުން ކުރާނީ 152 މީހުންގެ ޖާގައިގެ އެންމެ ބޮޑު ބޯޓު ކަމަށް،" ނަޝާތު ވިދާޅުވި އެވެ.

ކޮންމެ އަހަރަކުވެސް ބޮޑު ބަންދާ ދިމާކޮށް ދަތުރުތަކަށް ބާރު ބޮޑުވެ މޯލްޑިވިއަންއަށާއި ފްލައިމީ އަށް އިތުރު ފްލައިޓްތައް ބާއްވަން ޖެހެއެވެ. މޯލްޑިވިއަންއިން ބުނީ ބަންދާ ދިމާކޮށް ހާއްސަ އަގުތަކެއްވެސް ކަނޑައަޅާނެ ކަމަށެވެ.

މޯލްޑިވިއަންގެ ދަތުރުތައް މިހާރު ރާއްޖޭގެ ނުވަ މަންޒިލަކަށް ކުރާއިރު ރާއްޖޭން ބޭރުގެ ފަސް މަންޒިލަކަށް ކުރެ އެވެ. އަދި އެ ކުންފުނިން ދަނީ އަންނަ އަހަރުގެ ފެބްރުއަރީގައި ޗައިނާގެ އިތުރު ދެ މެންޒިލަކަށް ދަތުރުތައް ފެށުމަސް ތައްޔާރުވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް