އެމްއެންޔޫގެ ދަރިވަރުންނަށް ފުރުސަތު ހޯދުމަށް ހިލްޓަންގެ ތިން ރިސޯޓަކާ އެކު ސޮއިކޮށްފި

ފަތުރުވެރިކަމުގެ ދާއިރާއިން ދަރިވަރުންނަށް އަމަލީ ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ހިލްޓަން މޯލްޑިވްސްގެ ތިން ރިސޯޓަކާ އެކު ފަހުމުނާމާތަކެއްގައި އާދީއް...

29 Sep 2026 | 09:16
N/A

N/A

ފަތުރުވެރިކަމުގެ ދާއިރާއިން ދަރިވަރުންނަށް އަމަލީ ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ހިލްޓަން މޯލްޑިވްސްގެ ތިން ރިސޯޓަކާ އެކު ފަހުމުނާމާތަކެއްގައި އާދީއްތަ ދުވަހު ސޮއިކޮށްފިއެވެ.

މި ފަހުމުނާމާތަކުގައި ހިމެނެނީ ކޮންރެޑް މޯލްޑިވްސް ރަންގެލި އައިލެންޑާއި ހިލްޓަން މޯލްޑިވްސް އަމިނގިރި ރިސޯޓް އެންޑް ސްޕާ އާއި ވެލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށްޓެވެ. ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އެމްއެންޔޫގެ ސެންޓްރަލް ބިލްޑިންގުގައެވެ.

ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ ޑރ. އާއިޝަތު ޝެހެނާޒް އާދަމް އާއި ފެކަލްޓީ އޮފް ހޮސްޕިޓެލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގެ ޑީން ޒުލައިހާ ރީޝާ ރަޝާދެވެ. ރިސޯޓުތަކުގެ ފަރާތުން ސޮއިކޮށްފައިވަނީ ރަންގެލީގެ ޖެނެރަލް މެނޭޖަރު ނިކް ފްލީން އާއި އަމިނގިރީގެ ޖެނެރަލް މެނޭޖަރު މާކް އެލެޓް އާއި އިތާފުށީގެ މެނޭޖިން ޑައިރެކްޓަރު ޓީޖޭ ޖޫލަކެވެ.

މި ފަހުމުނާމާތަކުގެ ދަށުން ދަރިވަރުންނަށް އިންޓާންޝިޕާއި ފަންނީ ތަރައްގީ އާއި ބައިނަލްއަގުވާމީ ފެންވަރުގެ ފަތުރުވެރިކަމުގެ ތަޖުރިބާ ލިބޭނެ ކަމަށް އެމްއެންޔޫއިން ބުނެފައިވެއެވެ.

ޝުކުރު ދެންނެވުމުގެ ވާހަކަފުޅުގައި ޒުލައިހާ ރީޝާ ރަޝާދު ވިދާޅުވީ "މި ސޮއިކުރުމަކީ އައު ގުޅުމެއް ފެށުމެއް ނޫން" ކަމަށާއި "ކުރިންސުރެ ދެމެހެއްޓެމުން އައި ގުޅުން ރަސްމީ ސިފައެއްގައި ބަލައިގަނެ އިތުރަށް ހަރުދަނާ ކުރުމެއް" ކަމަށެވެ.

ސިނާއީ ދާއިރާ އާއި ތައުލީމީ ދާއިރާ ގުޅުވައިދިނުމަށް އެމްއެންޔޫއިން ކުރަމުން ގެންދާ މަސައްކަތުގެ މުހިންމު ބައެއް ކަމުގައި މި އެއްބަސްވުންތައް އެ ޔުނިވާސިޓީން ސިފަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް