އެމްއެންޔޫގެ ދަރިވަރުންނާއި މުވައްޒަފުންގެ ޓީމެއް ޗައިނާއަށް ގޮސް ކަނޑުގެ ދިރާސާތައް ތަޖުރިބާކޮށްފި

15 Nov 2026 | 14:44
އެމްއެންޔޫގެ ދަރިވަރުންނާއި މުވައްޒަފުންގެ ޓީމެއް ޗައިނާއަށް ގޮސް ކަނޑުގެ ދިރާސާތައް ތަޖުރިބާކޮށްފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ފަސް މުވައްޒަފުންނާއި ތިން ދަރިވަރުން ހިމެނޭ ވަފުދެއް ޗައިނާގެ ހައިނާން ޕްރޮވިންސަށް ޒިޔާރަތްކޮށް، ކަނޑުގެ ސައެންސާއި މެރިކަލްޗާގެ ދާއިރާއިން ޢަމަލީ ތަޖުރިބާ ހޯދައިފިއެވެ. މުވައްޒަފުންގެ

މި ދަތުރު ކުރިއަށް ގެންގޮސްފައި ވަނީ ނޮވެމްބަރު 11 އިން 14 އަށް، ހައިނާން ޔުނިވަރސިޓީގެ ސްކޫލް އޮފް މެރީން ބައޮލޮޖީ އެންޑް ފިޝަރީޒް އާއި ރާއްޖޭގައި ހުންނަ ޗައިނާ އެމްބެސީ ގުޅިގެންނެވެ. މި ޕްރޮގްރާމުގެ ތެރެއިން ވެންޗަންގުގައި ހުންނަ ފެންގްޖިއާވާން އެކުއަކަލްޗާ ބޭސް ފަދަ ތަންތަނަށް ޒިޔާރަތްކޮށް، ޒަމާނީ މެރިކަލްޗާ އުސޫލުތައް ބަލައި ދިރާސާކޮށްފައިވެއެވެ.

Advertisement

މީގެ އިތުރުން ސާންޔާގެ ވެސްޓް އައިލެންޑަށް ވެސް ވަފުދު ޒިޔާރަތްކޮށް، އެ ރަށުގެ މުރަކަ ހެއްދުމުގެ ޕްލެޓްފޯމް ބަލައި، ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމާ ގުޅޭ މަސައްކަތްތައް ތަޖުރިބާކޮށްފައިވެއެވެ. ހޫނު ސަރަޙައްދެއްގެ ޖަޒީރާ ޕްރޮވިންސެއްގެ ހައިސިއްޔަތުން ހައިނާނުން ދެމެހެއްޓެނިވި ޖަޒީރާ ތަރައްޤީއާއި ކަނޑުގެ ވަސީލަތް ބެލެހެއްޓުމުގެ ދާއިރާއިން ތަޖުރިބާ ބަދަލުކުރެވޭނެ ފުރުޞަތުތައް މި ދަތުރުން ފާހަގަކުރެވިފައިވެއެވެ.

އެމްއެންޔޫން ބުނި ގޮތުގައި މި ޕްރޮގްރާމް ބައްޓަންކޮށްފައި ވަނީ އދ. ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ކަމުގައިވާ ފެންވަރު ރަނގަޅު ތަޢުލީމް (އެސްޑީޖީ 4)، ސިނާޢީ އީޖާދު (އެސްޑީޖީ 9)، މޫސުމީ ފިޔަވަޅު (އެސްޑީޖީ 13)، ކަނޑު އަޑީގެ ދިރުން (އެސްޑީޖީ 14)، ބައިނަލްއަޤުވާމީ ބައިވެރިވުން (އެސްޑީޖީ 17) އަދި ބަނޑުހައިހޫނުކަން ނައްތައިލުން (އެސްޑީޖީ 2) ފަދަ ލަނޑުދަނޑިތަކަށް ވާޞިލުވުމުގެ އިތުރުންނެވެ.

މި ޒިޔާރަތުގެ ސަބަބުން ކަނޑުގެ ދިރާސާ، މެރިކަލްޗާ، މުރަކަ އިޢާދަކުރުން އަދި ދެމެހެއްޓެނިވި މަސްވެރިކަން ތަރައްޤީ ކުރުން ފަދަ ދާއިރާތަކުން ކުރިމަގުގައި ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތައް ވަފުދަށް ފާހަގަކުރެވިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް