ގޭސް މާނަށް 12 އަހަރާއި ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް

މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މަޢުމޫނުގެ މައްޗަށް 12 އަހަރާއި ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް މިއަދު ކްރިމިނަލް ކޯޓުން އިއްވައިފިއެވެ. އަބްދުﷲ މައުމޫން (މަޝްހޫރު ނަމުން ނަމަ...

29 Sep 2025 | 18:13
މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން (ގޭސް މާނު) -

މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން (ގޭސް މާނު) -

މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ

މަޢުމޫނުގެ މައްޗަށް 12 އަހަރާއި ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް މިއަދު

ކްރިމިނަލް ކޯޓުން އިއްވައިފިއެވެ.

އަބްދުﷲ މައުމޫން (މަޝްހޫރު ނަމުން ނަމަ ގޭސް މާނު)ގެ

މައްޗަށް މި ހުކުމް މިރޭ އިއްވާފައިވަނީ އެމްޑީ ކަމުގައި ހުރި އިރު 2016 ވަނަ

އަހަރު ރިޝްވަތުގެ ގޮތުގައި ފައިސާ ނެގި ކަމަށް ބުނާ މައްސަލަތަކާއި ގުޅިގެން

އުފުލާފައިވާ ދައުވާތަކުގެ ތެރެއިން ދެ ދައުވާއެއްގައެވެ.

ކޮންމެ ދައުވާއަކަށް ހަ އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ

ޖަލު ހުކުމެއް މިއަދު އިއްވާފައިވާއިރު އިތުރު ފަސް ދައުވާއެއް އަދި ބާކީ އެބަ

އޮތެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގޭސް

ކުންފުނީގެ އެމްޑީގެ ގޮތުގައި ހުންނެވި މާނުގެ ކޮރަޕްޝަންގެ މައްސަލަތައް އޭސީސީއިން

ބަލަން ފެށުމުން އޭނާ އޭރު ރާއްޖެ ދޫކޮށް ދިޔައެވެ. ނަމަވެސް ފަހުން އެނބުރި

އައުމުން ފުރުން މަނާކޮށް ޕާސްޕޯޓު ހިފެހެއްޓިއެވެ.

މާނުގެ މައްޗަށް 12 އަހަރުގެ ޖަލު ހުކުމެއް މިރޭ

އިއްވާފައިވާއިރު ފެނަކައިގެ ކުރީގެ އެމްޑީގެ މައްޗަށް ހަތަރު އަހަރުގެ ޖަލު

ހުކުމެއް އިއްޔެ އިއްވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް