ށ. ފޭދޫގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި ދެމަފިރިޔަކު ހައްޔަރު

ށ. ފޭދޫގައި މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ދެމަފިރިޔަކު ހައްޔަރުކޮށްފިއެވެ. މީޑިއާތަކަށް މަޢުލޫމާތުދެމުން ފުލުހުން މިރޭ ބުނެފައިވަނީ އިންޓެލިޖެންސަށް ލިބުނު މަ...

28 Sep 2025 | 19:06
ށ. ފޭދޫ - ގޫގަލް ފޮޓޯ: އަހްމަދު ދީދީ

ށ. ފޭދޫ - ގޫގަލް ފޮޓޯ: އަހްމަދު ދީދީ

ށ. ފޭދޫގައި މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތީގެ

ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ދެމަފިރިޔަކު ހައްޔަރުކޮށްފިއެވެ.

މީޑިއާތަކަށް މަޢުލޫމާތުދެމުން ފުލުހުން މިރޭ

ބުނެފައިވަނީ އިންޓެލިޖެންސަށް ލިބުނު މަޢުލޫމަތަކާ ގުޅިގެން މިދިޔަ ބުދަ ދުވަހުގެ

ވަގުތެއްގައި ށ. ފޭދޫ ގެއެއް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށް

މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ދެ ކަރުދާސްކޮޅާއެކު ދެމީހަކު ފުލުހުންގެ

ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.

"މަސްތުވާތަކެތި ވިއްކައިގެން ހޯދާފައިވާކަމަށް

ބެލެވޭ ފައިސާވެސް ފެނިފައިވޭ" ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އެ

ރަށު ސައިމާގޭ މުހައްމަދު މުސްތަފާ އާއި ހަމަ އެ ރަށު ލައިޓްހައުސް ފާތިމަތު

ނާއިލާއެވެ. ދުވަހަށް އެނގިފައިވާގޮތުގައި އެއީ ދެމަފިރިންނެވެ.

އެ ދެމީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް

ކޯޓަށް ހާޒިރު ކުރުމުން މުސްތަފާގެ ނަންދަށް 15 ދުވަސް އަދިނާއިލާގެ ބަންދަށް ހަތް

ދުވަހުގެ މުއްދަތެއް ދިން ކަމަށާއި ނަމަވެސް ނާއިލާ ބަންދުގައި އިތުރަށް ބަންދުގައި

ބަހައްޓަން ނުފެންނާތީ ދޫކޮށްލާފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް