ތިން މަސް ތެރޭ 22 ކިލޯ ލުއިކޮށްލި ޑައިޓީޝަނެއްގެ 10 އާދަ!

އިންސްޓަގްރާމްގައި ހަރަކާތްތެރިވާ ޑައިޓީޝަން ނެހާ ހަށިގަނޑުން 22 ކިލޯގްރާމް ލުއިކުރި ގޮތް ހިއްސާކޮށް ބަރުދަން ލުއިކުރުމަށް ބޭނުންވާ ފަރާތްތަކަށް ޢަމަލީ 10 ފިޔަވަޅެއް ހިމެނޭ ޕްލޭނެއް ހާމަކޮށްފިއެވެ. "ގ...

29 Aug 2026 | 05:49
ހަރުކަށި ޑައެޓެއް ފޮލޯ ކުރުމުގެ ބަދަލުގައި ކޮންމެ ދުވަހެއްގެ ކެއުންބުއިމާއި ދިރިއުޅުމުގެ ކުދިކުދި އާދަތައް ބަދަލުކޮށްގެން ބަރުދަން ލުއި ކުރެވިދާނެ ކަމަށް ބުނޭ --

ހަރުކަށި ޑައެޓެއް ފޮލޯ ކުރުމުގެ ބަދަލުގައި ކޮންމެ ދުވަހެއްގެ ކެއުންބުއިމާއި ދިރިއުޅުމުގެ ކުދިކުދި އާދަތައް ބަދަލުކޮށްގެން ބަރުދަން ލުއި ކުރެވިދާނެ ކަމަށް ބުނޭ --

އިންސްޓަގްރާމްގައި ހަރަކާތްތެރިވާ ޑައިޓީޝަން ނެހާ ހަށިގަނޑުން 22 ކިލޯގްރާމް ލުއިކުރި ގޮތް ހިއްސާކޮށް ބަރުދަން ލުއިކުރުމަށް ބޭނުންވާ ފަރާތްތަކަށް ޢަމަލީ 10 ފިޔަވަޅެއް ހިމެނޭ ޕްލޭނެއް ހާމަކޮށްފިއެވެ.

"ގްރޯ ވިތު ނެހާ" ގެ ނަމުގައި އިންސްޓަގްރާމް ހިންގާ ނެހާ ބުނީ 75 ކިލޯގައި ހުރެފައި 53 ކިލޯއަށް ބަރުދަން ތިރިކުރީ ހަރުކަށި ޑައެޓެއް ފޮލޯ ކުރުމުގެ ބަދަލުގައި ކޮންމެ ދުވަހެއްގެ ކެއުންބުއިމާއި ދިރިއުޅުމުގެ ކުދިކުދި އާދަތައް ބަދަލުކޮށްގެން ކަމަށެވެ. ސޯޝަލް މީޑިއާގައި ބަރުދަން ލުއިކުރާ ގޮތާ ބެހޭ ގޮތުން ގިނައިން ފެންނަނީ އަވަސް ޙައްލުތައް ކަމަށާއި ނަމަވެސް ދެމެހެއްޓެނިވި ނަތީޖާ ލިބެނީ ކޮންމެ ދުވަހެއްގެ ނިންމުންތަކުން ކަމަށް ނެހާ ބުނެފައިވެއެވެ.

ނެހާ ހެނދުނު ހޭލައިގެން ކޮންމެސް ވައްތަރެއްގެ މޭވާ އެއް ނުވަތަ ތަރުކާރީއެއް އެއްކޮށްލުމަށް ފަހު ފެން ބޮއެ އެންމެ ފުރަތަމަ ވެސް ފެޓް ބޭނުންކުރާ ކަމަށާއި މިއީ "މޯނިން އާމީ" ގެ ގޮތުގައި އޭނާ ސިފަކުރާ ކަމެއް ކަމަށް ބުނެފައިވެއެވެ. "ގްލޯ އެންޑް ގަޓް ކޮމްބޯ" ގެ ގޮތުގައި ނެހާ ސިފަކުރާ މި އާދައިގެ އިތުރުން ދުވާލަކު ތިން އިރު ރަނގަޅަށް ކެއުމަށާއި ހަ ފަހަރު ލުއި ކާނާ ކެއުމުގެ ބަދަލުގައި ތިން ފަހަރު ކެއުމަށް އޭނާ ބާރު އަޅައެވެ.

ލުއި ކާނާއެއް ކާ ނަމަވެސް އެއީ ތައްޔާރީ ކާނާގެ ބަދަލުގައި ގުދުރަތީ ކާނާ ބޭނުން ކުރަން އިސްކަންދޭ ކަމަށް ނެހާ ބުނެއެވެ. ކޮންމެ ދުވަހަކު ވެސް ބަޓަރު ހިމެނޭހެން ފެޓް ކެއުމަށް ނެހާ ބާރު އަޅާ އިރު ގީގެ ސަބަބުން ބަރުދަން އިތުރުވުމުގެ ބަދަލުގައި ހޯމޯން ބެލެންސްވާ ކަމަށް އޭނާ ދެކެއެވެ. އަދި ކޮންމެ ދުވަހަކު އަސާރައާއި ޔޯގަޓް ކެއުމަކީ "ގަޓް ތެރަޕީ" ގެ ގޮތުގައި ނެހާ ސިފަކޮށްފައިވެއެވެ.

ކެއުމަށް ފަހު 10 މިނެޓު ހެލިލުމަކީ ފެޓް ޖަމާވުން ހުއްޓުވައިދޭ ކަމެއް ކަމަށް ނެހާ ބުނެއެވެ. ސިއްރުން ކެއުން ނުކާން ހުރެ އެތިކޮޅުކޮޅުން ކެއުން ހުއްޓައިލައި 80-20 ގެ އުސޫލެއް ގެންގުޅުމުން ކުށް ވެރި އިޙްސާސެއް ނެތި ޙަޤީޤީ ނަތީޖާ ލިބުނު ކަމަށް އޭނާ ބުނެފައިވެއެވެ.

ބޮޑެތި ކެއުންތަކުގެ ކުރިން އެޕަލް ސައިޑާ ވިނެގާ ބޭނުންކުރާ ކަމަށާއި މިއީ "ޝުގާ ސްޕައިކް ޝީލްޑް" ގެ ގޮތުގައި ނެހާ ސިފަކޮށްފައިވެއެވެ. ކެއުމުގެ ގާތްގަނޑަކަށް 80 އިންސައްތައަކީ ހޫނު ގަދަ އިހުސާސް ކުރުވާ ކާނާ ކަމަށާއި އެކަމުގެ ސަބަބުން ބަނޑު ފުއްޕުން މަދުވި ކަމަށް ނެހާ ބުނެފައިވެއެވެ. އަދި ކޮންމެ ދުވަހަކު ވެސް ބަތް ކެއުމަށް ބިރު ނުގަންނަ ކަމަށާއި ބަތަކީ ގިނަ ބަޔަކު ހީކުރާ ވަރުގެ ގެއްލުން ހުރި ކާނާއެއް ނޫން ކަމަށް ވެސް ނެހާ ބުނެއެވެ.

ބަރުދަން ލުއިކުރުމަށް ބޭނުންވާ ފަރާތްތަކަށް މި 10 ފިޔަވަޅުގެ ޕްލޭނަކީ ތަޖުރިބާކާރެއްގެ އަމިއްލަ ތަޖުރިބާއަށް ބިނާވެފައިވާ ޕްލޭނެއް ކަމުން އެ މީހެއްގެ ހާލަތާ ގުޅޭ ގޮތުން ފަންނީ ލަފާ ހޯދުމަކީ ވެސް ބުއްދިވެރި ކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް