ހޯމޯން މައްސަލަތަކާ އެކުވެސް 26 ކިލޯ ލުއިކުރެވިދާނެކަން މި އިންފްލުއެންޒަރު ސާބިތުކޮށްދީފި

25 Nov 2026 | 15:45
ހޯމޯން މައްސަލަތަކާ އެކުވެސް 26 ކިލޯ ލުއިކުރެވިދާނެކަން މި އިންފްލުއެންޒަރު ސާބިތުކޮށްދީފި

ޕޮލީއެންޑޮކްރައިން މެޓަބޮލިކް އޯވޭރިއަން ސިންޑްރޯމް (ޕީއެމްއޯއެސް) ހުރި އިންޑިއާގެ އިންފްލުއެންސާ ސްވާތީ ކިޝޯރް 121.5 ކިލޯއިން 95 ކިލޯއަށް ބަރުދަން ލުއިކުރި ގޮތް އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާކޮށް، ގިނަ ބައެއްގެ ސަމާލުކަން ހޯދައިފި އެވެ.

ޕީއެމްއޯއެސް އަކީ ހޯމޯންތައް އެއްވަރެއްގައި ނުހިފެހެއްޓި ހަށިގަނޑުގެ މެޓަބޮލިޒަމް ބަދަލުވާ ހާލަތެއް ކަމުން، ބަރުދަން ލުއިކުރުމަކީ މި ބަލި ތަޙައްމަލުކުރާ އެތައް އަންހެނަކަށް ދަތި ކަމެކެވެ. ނަމަވެސް ސްވާތީ ވަނީ ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެނައި ބަދަލުތަކާ އެކު އެ ހުރަސް ގިރާކޮށްފައެވެ.

Advertisement

ބަރުދަން ލުއިކުރެވެނީ ހަށިގަނޑަށް ބޭނުންވާ ވަރަށްވުރެ ކެލޮރީ މަދުން ބޭނުން ކުރުމުން ކަަމަށް ބުންޏެވެ. ޕްރޮޓީން ގިނައިން ހިމެނުމާ އެކު ކާބޯހައިޑްރޭޓާއި ފައިބާއާއި ފެޓްސް ވެސް ހިމެނޭ ހަމަހަމަ ކެއުމެއް ގެންގުޅެން އޭނާ ނަސޭޙަތްދެއެވެ. ގިނައިން ހިނގައި، ފެން ބޮއި، ހަފުތާއަކު ތިން ފަހަރު ޖިމަށް ދިޔުމަކީ ވެސް އޭނާ ފާހަގަކުރި ކަންކަމެވެ.

ސްވާތީ އެންމެ ބޮޑަށް ބަރޯސާވި ދެ ކެއުމެއް ވެސް ހިއްސާކޮށްފައިވެއެވެ. ފުރަތަމައީ 660 ކެލޮރީއާއި 75 ގްރާމް ޕްރޮޓީން ހިމެނޭ އޯވާނައިޓް އޯޓެކެވެ. 80 ގްރާމް އޯޓާއި ދެ ސްކޫޕް ޕްރޮޓީން ޕައުޑާއާއި ފޮތި ސައިސަމްސަލެއްގެ ފޮނިތޮށި ޕައުޑާއާއި 200 ގްރާމް ލޯ ފެޓް ކިރާއި ކޮފީ ޝޮޓެއް އެއްކޮށް، އެއްރޭ ވަންދެން ފްރިޖުގައި ބެހެއްޓުމުން ތައްޔާރުވާ މި ކެއުމަކީ ބަނޑު ފުރާލައިދޭ ކެއުމެއް ކަމަށް އޭނާ ބުނެފައިވެއެވެ.

ދެވަނަ ކެއުމަކީ 1500 އާއި 1600 އާ ދެމެދުގެ ކެލޮރީއާ އެކު ގާތްގަނޑަކަށް 115 ގްރާމް ޕްރޮޓީން ލިއްބައިދޭ އެއާ ފްރައިޑް ޗިކަން ޕާސްޓާއެވެ. 20 ގްރާމް ގިތެޔޮ ހާކައި 275 ގްރާމް ކުކުޅު ފައި ގޮއްކޮށް ކޮށައި 200 ޑިގްރީ ސެލްސިއެސްގައި 10 މިނެޓު އެއާ ފްރައި ކުރެއެވެ.

އެއަށް ފަހު 100 ގްރާމް ކެރެޓާއި 100 ގްރާމް އެޑަމާމޭ 150 ގްރާމް ކިރާ އެކު ގިރައި، ދެ ސެޝެޓް މެގީ މަސާލާއާއި އޮރިގާނޯއާއި ޗިލީ ފްލޭކްސް އަދި ކުޑަ ޕާސްޓާ ފެންފޮދެއް އެޅިއެވެ. އިތުރު ފަހެއް ނުވަތަ ހަ މިނެޓު އެއާ ފްރައި ކުރުމަށް ފަހު 80 ގްރާމް ކެއްކި ޑޫރަމް ވީޓް ޕާސްޓާ އެއްކޮށް 60 ގްރާމް ޗީޒް މައްޗަށް ލައެވެ.

އޭނާ ބުނީ ބަރުދަން ލުއި ކުރަން އެންމެ ފަސޭހަ ގޮތްތަކުގެ ތެރޭގައި އެއް ކެއުމެއް ކެއުންވެސް ރަނގަޅު ކަމަށެވެ. ސްވާތީ ބުނީ އޭނާ މިހާރު ރޭގަނޑު އެއް ކެއުމެއް ކާތާ އެތައް ދުވަހެއް ވެފައިވާ ކަމަށެވެ.

ރަނގަޅު ކެއުމުގެ އިތުރުން ގަވާއިދުން ކަސްރަތުކޮށް، ފެން ބޮއި، ކެތްތެރިކަމާ އެކު ދެމި ހުރުމަކީ މި ދަތުރުގައި ސްވާތީ ދޫނުކުރި ކަންކަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް