ހުޅުމާލެއާއި ވީކޮޅުން މާލެއާއި ވީކޮޅަށް އައި ސިފައިންގެ ވެހިކަލެއް ހަލިމަގު ސަރުމާރިތަކުގައި ޖެހި ހާދިސާއެއް ހިނގައިފިއެވެ.
ފުލުހުން ބުނެފައިވާގޮތުގައި މިކަން ހިނގާފައިވަނީ މެންދުރު 12:37 ހާއިރުގައެވެ.
"އެމްއެންޑީއެފް މޮޓޯކޭޑްގައި ބޭނުންކުރާ ވެހިކަލެއް ހުޅުމާލެއިން ބުރިޖާ ވީޚޮޅަށް ދުއްވާފައިދަނިކޮށް ޑިވައިޑަރ ތަކުގައި ޖެހި އެކްސިޑެންޓްވެފައިވާ މައްސަލައެއް މިއަދު 12:37ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ" ފުލުހުން ބުނެފައިވެއެވެ.
ހަލިމަގު ސަރުމާރިތަކުގައި ވެހިކަލް ޖެހި މީގެ ކުރިންވެސް އެކްސިޑެންޓްތައް ހިނގާފައިވެއެވެ. އަދި ބައެއް ހިސާބުތަކުގެ ސަރުމާރިތައް ހުންނަނީ ޕުލާސްޓިކުން ކަމުން އެ ސަރުމާރިތައް ފުނޑުފުނޑުވެފައިވެސް ވެއެވެ. ޕުލާސްޓިކު ސަރުމާރި ހުރި ސަރަހައްދުތަކުގައި ގޮނގުރިޓު ސަރުމާރިތައް ހެދުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް