ހއ. އަތޮޅުން ރ. އަތޮޅަށް ޔެލޯ އެލާޓް ނެރެފި

ހއ. އަތޮޅުން ރ. އަތޮޅަށް ޔެލޯ އެލާޓް ނެރެފިއެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނާގޮތުގައި، އެ ސަރަހައްދަށް ޔެލޯ އެލާޓް ނެރުނީ ބޯކޮށް ވާރޭ ވެހުމުގެ އިތުރުން ގަޑިއަކު 50 މޭލަށް ވައި ގަދަވާނެ ކަމަށް ލަ...

29 Aug 2019 | 06:40

ހއ. އަތޮޅުން ރ. އަތޮޅަށް ޔެލޯ އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނާގޮތުގައި، އެ ސަރަހައްދަށް ޔެލޯ އެލާޓް ނެރުނީ ބޯކޮށް ވާރޭ ވެހުމުގެ އިތުރުން ގަޑިއަކު 50 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށްފައެވެ.

އެ ސަރަހައްދަށް މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައި ވަނީ މިއަދުގެ 11:30 ން 14:30 އަށެވެ. އެހެން ކަމުން ކަނޑު ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކުރެއެވެ.

މި ދުވަސްކޮޅަކީ ވިއްސާރަ ދުވަސްކޮޅަކަށް ވެފައި، ކަނޑުވެސް ގަދަ ދުވަސްކޮޅެކެވެ. އިއްޔެ އާއި ރޭ ދަންވަރު ރާއްޖޭގެ ބޮޑު ހިސާބަކަށް ވަނީ ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހިފައެވެ. ރޭގައި މާލެއަށްވެސް ވިއްސާރަކޮށް، ވަނީ ފެންބޮޑުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް