"ޖަޒީރާ ރާއްޖެ" ކެމްޕެއިންގެ ތަކެތި ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަނީ

ރައީސް އޮފީހުން ކުރިއަށް ގެންދަން ބޭނުންވާ  "ޖަޒީރާ ރާއްޖެ" ކެމްޕެއިންގެ ތަކެތި ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށް ރައީސް އޮފީހުން އިއުލާން ކޮށްފިއެވެ ރައީސް އޮފީހުން ވިދާޅުވީ "ޖަޒީރާ ރާ...

29 Aug 2019 | 05:35

ރައީސް އޮފީހުން ކުރިއަށް ގެންދަން ބޭނުންވާ  "ޖަޒީރާ ރާއްޖެ" ކެމްޕެއިންގެ ތަކެތި ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށް ރައީސް އޮފީހުން އިއުލާން ކޮށްފިއެވެ

ރައީސް އޮފީހުން ވިދާޅުވީ "ޖަޒީރާ ރާއްޖެ" މި ކެމްޕެއިންގެ ތަކެތި ތައްޔާރު ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން، އަންނަ މަހުގެ އެއް ވަނަ ދުވަހުގެ 11:00 ގައި ރާއީސް އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށާއި އަދި އަންނަ މަހުގެ ފަހެއް ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ރާއީސް އޮފީހަށް އަންދާސީހިސާބު ހުށައެޅުމަށެވެ.

"ޖަޒީރާ ރާއްޖެ" އަކީ މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ބޭނުން ކުރި ކެމްޕޭން ސްލޯގަން އެވެ.

ޖަޒީރާ ރާއްޖެ ނަމުގައި ރައީސް އޮފީހުން ހިންގަން ތައްޔާރުވަމުންދާ ކެމްޕޭނާއި ބެހޭ އިތުރު މައުލޫމާތެއް ރައީސް އޮފީހުން މީޑިއާ އާއި ހިއްސާ ކުރައްވާފައެއް ނުވެއެވެ.

"ޖަޒީރާ ރާއްޖެ" އެއް ރައްޔިތުންނަށް ހޯދައިދިނުމަކީ ރައީސް ޞާލިހްގެ އެންމެ މުހިއްމު އެއް ކެމްޕޭން ވައުދެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް