ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފި

ރާއްޖެއަށް މިހާރު ކުރަމުން މި އަންނަ ވިއްސާރައިގާ މޫސުން ގޯސްވެދާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފިއެވެ. ފަތިހު 04:00 ހާއިރު ނެރެފައިވާ މި ހުދު...

28 Aug 2019 | 23:12

ރާއްޖެއަށް މިހާރު ކުރަމުން މި އަންނަ ވިއްސާރައިގާ މޫސުން ގޯސްވެދާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފިއެވެ.

ފަތިހު 04:00 ހާއިރު ނެރެފައިވާ މި ހުދު ސަމާލުގައި ބުނެފައިވަނީ މިރޭ 4:15އިން ހެނދުނު 09:00 އާއި ހަމައަށް ދެކުނނުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމުގައިވެސް ބުނެފައިވެއެވެ.

ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފައިވާއިރު މާލެ އަތޮޅު ހިމެނޭހެން ހަތް އަތޮޅަކަށް ރީނދޫ ސަމާލު ވަނީ ނެރެފައެވެ.

މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވެ، ފެން ހިންދުމުގެ މަސައްކަތް ސިފައިން ފަށާފައިވާއިރު މާލޭގެ ބައެއް ސަރަހައްދުތަކުގައި ކަރަންޓު ވަނީ ކެނޑިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް