ޖަމްޢިއްޔަތުއްސަލަފުން ޢީދުގައި ބޮޑު ހަރަކާތެއް ބާއްވަނީ

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން މިއަހަރުގެ އަޟްޙާ ޢީދުގައި ވަރަށްބޮޑު ހަރަކާތެއް ބާއްވަން ނިންމައިފިއެވެ. ސެޕްޓެމްބަރު 3 އާއި 4 ވަނަ ދުވަހު ރަސްފަންނުގައި ކުރިއަށް ގެންދިއުމަށް އިންތިޒާމު ކުރަމުންދާ މ...

29 Aug 2017 | 10:46

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން މިއަހަރުގެ އަޟްޙާ ޢީދުގައި ވަރަށްބޮޑު ހަރަކާތެއް ބާއްވަން ނިންމައިފިއެވެ.

ސެޕްޓެމްބަރު 3 އާއި 4 ވަނަ ދުވަހު ރަސްފަންނުގައި ކުރިއަށް ގެންދިއުމަށް އިންތިޒާމު ކުރަމުންދާ މިއިވެންޓަކީ ކުޑަކުދިންނަށް ޚާއްޞަކޮށްގެން ބާއްވާ އިވެންޓެއްކަމަށާއި މިއިވެންޓުގައި ވަރަށް ތަފާތު ގިނަ ކުޅިވަރުތައް ހުންނާނެކަމަށް ޖަމްޢިއްޔާގެ ޖެނެރަލް ސެކެޓްރީ އަދި އިވެންޓު ކޯޑިނޭޓަރު އަޙްމަދު ޝަރީފް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މީގެ ކުރިން ބޭއްވި 'ބަނޫން' އިވެންޓާ ޚިލާފަށް މިފަހަރުގެ މިއިވެންޓުގައި ތަފާތު ގިނަ ކުޅިވަރުތައް ހިމެނޭ. އޭގެތެރޭގައި ސްލައިޑާ، ފުޓްބައުލިންގ، ކިކް އެންޑް ސްކޯ، ޝާކް އެޓޭކް، ސީޑީ ތްރޮވިންގ، އޮބްސްޓިކަލް ގޭމް، މޭޒް ރަނާރ ފަދަ ގިނަ ކުޅިވަރުތައް ހިމެނޭ" މިއިވެންޓުގެ ހުރިހާ ކުޅިވަރުތަކެއްވެސް އަމާޒުކޮށްފައިވަނީ ކުޑަކުދިންނަށް" ޝަރީފް ވިދާޅުވިއެވެ.

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން 'ބަނޫން' ގެ ނަމުގައި ކުރިޔަށްގެންދާ މިހަރަކާތަކީ މިހާތަނަށް ކުޑަކުދިންނަށް އަމާޒުކޮށް ރާއްޖޭގައި ބޭއްވޭނެ އެންމެބޮޑު އެއް ހަރަކާތްކަމަށާއި މިފަހަރުގެ 'ބަނޫން' އިވެންޓުގައި ކުޑަކުދިން ހިތް އުފާވާނެ އަދި ކުޑަކުދިންނަށް ހަދާނުން ފޮހެލަން އުނދަގޫ އެތައް ހަރަކާތްތަކެއް ހިމެނޭނެކަމަށް ޝަރީފް ވިދާޅުވިއެވެ.

"އަސްލު މިފަހަރުގެ މިހަރަކާތަކީ މިހާތަނަށް ކުޑަކުދިންނަށް އަމާޒުކޮށް ރާއްޖޭގައި ބޭއްވޭނެ އެންމެބޮޑު އެއް ހަރަކާތްކަމަށް ވެގެންދާނެ. އޭގެ އިތުރުން މި ހަރަކާތަކީ ކުޑަކުދިންނަށްވެސް ހަދާނުން ފޮހެލަން އުނދަގޫ ހަރަކާތަކަށް ވާނެކަމަށް ވަރަށްބޮޑަށް ޔަގީން ކުރެވޭ. ވަރަށްބޮޑު ޚަރަދެއް ކޮށްގެން މިހަރަކާތް މިބާއްވަނީ. ސެޕްޓެމްބަރު 3 އާއި 4 ވަނަ ދުވަހާއި އެރޭތަކުގައި އިވެންޓު ކުރިޔަށް ދާނެ އިންޝާﷲ. ދެން ހަމަ ފާހަގަ ކޮށްލަން ބޭނުންވޭ ވަރަށްގިނަ ބައެއްގެ އެހީތެރިކަން ލިބިގެން މި ހަރަކާތް މިބޭއްވެނީ. އެހުރިހާ ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވިގޮތުގައި ފާއިތުވީ ޢީދުތަކުގައި ސަލަފުގެ ފަރާތުން ރާއްޖެތެރޭގެ ރަށްތަކުގައި ވާނީ ވަރަށްގިނަ ހަރަކާތް ބޭއްވިފައިކަމަށާއި ނަމަވެސް މިފަހަރުގެ ޢީދުގައި ސަލަފުގެ ހަރަކާތް އޮންނާނީ މާލޭ ރަސްފަންނު ބީޗުގައި ކަމަށެވެ.

މިފަހަރުގެ 'ބަނޫން' އިވެންޓުގެ މައި ސްޕޮންސަރަކީ ތިލަފުށި ކޯޕަރޭޝަން އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް