ފާރެއް ވެއްޓި ޓެކްސީއަކަށް ލިބުނު ގެއްލުމުގެ ބަދަލަށް ހަތަރު ލައްކަ ރުފިޔާ ދޭން ޖެހިއްޖެ

މާލޭ އެއް ނަމްބަރު ކުނި ކޮށީގެ ފާރެއް ވެއްޓި އެ ސަރަހައްދުގައި ޕާކުކޮށްފައި އޮތް ޓެކްސީއަކަށް ބޮޑެތި ގެއްލުންތަކެއް ވުމުން ބަދަލުގެ ގޮތުގައި 480،000 ރުފިޔާ ދިނުމަށް ޗައިނާގެ ކުންފުންޏެއްގެ މައްޗަށް ސި...

29 Aug 2017 | 09:58

މާލޭ އެއް ނަމްބަރު ކުނި ކޮށީގެ ފާރެއް ވެއްޓި އެ ސަރަހައްދުގައި ޕާކުކޮށްފައި އޮތް ޓެކްސީއަކަށް ބޮޑެތި ގެއްލުންތަކެއް ވުމުން ބަދަލުގެ ގޮތުގައި 480،000 ރުފިޔާ ދިނުމަށް ޗައިނާގެ ކުންފުންޏެއްގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޒޮންޓިއަން ކޮންސްޓްރަކްޝަން ގްރޫޕްގެ މައްޗަށް އެ ހުކުމް ކުރީ ޓެކްސީތަކެއްގެ މައްޗަށް ފާޜުވެއްޓުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އޭގެ ތެރެއިން އެއް ޓެކްސީގެ ވެރި ފަރާތުން ދައުވާ ކުރުމުންނެވެ. އެ ހާދިސާ ހިނގާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 15 ގައި އެވެ.

ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނެފައިވަނީ އެ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ހިނގާފައިވާ 256 ދުވަހަށް ދުވާލަކަށް 1،100 ރުފިޔާގެ ރޭޓުން ޖުމްލަ 281،600 ރުފިޔާ އާއި ޓެކްސީގެ މަރާމާތަށް ހިނާގެ ހަރަދުގެ ގޮތުގައި 200،00 ރުފިޔާ ދިނުމަށެވެ. ކޯޓުން ބުނީ އެ ކުންފުނީގެ މައްޗަށް އެ ހުކުމް ކުރީ ކޯޓުގެ ހުކުމުގައިވަނީ އެ ހާދިސާގައި ލިބުނު ގެއްލުމަށް ޒިންމާ ނަގާނެ ކަމަށް ޒޮންޓިއަން ކުންފުނިން ފުލުހުންނަށް ފޮނުވި ސިޓީއެއްގައި ބުނެފައިވާތީ ކަމަށެވެ.

އެ ފައިސާ ކުންފުނިން ދައްކަން އަންގާފައިވަނީ 15 ދުވަސްތެރޭ ސިވިލް ކޯޓަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް