ޔުނިފޯމު ނާޅާ ފުލުހުން ހައްޔަރު ކުރި މީހަކު ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރު ކޮށްފި އެވެ.
ފުލުހުން އެމީހާ ހައްޔަރު ކުރީ މިދިޔަ ހުރު ދުވަހު އެވެ. ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުން ކުރުމާއި އެ ތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމަތުގައި އެވެ.
ކްރިމިނަލް ކޯޓުން އެމީހާ ދޫކޮށްލީ ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ 40 ވަނަ މާއްދާގެ ރ. އާ ޚިލާފަށް އެ މީހާ ހައްޔަރު ކުރުމުން ކަމަށް ކޯޓުގެ ނިންމުމުގައިވެ އެވެ.
ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ 40 ވަނަ މާއްދާގެ ރ. ގައި ބުނެފައިވަނީ މީހަކު ހައްޔަރު ކުރަން ޖެހޭނީ ސަބް އިންސްޕެކްޓާ އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީ ރޭންކެއްގެ ފުލުހެއްގެ ހުއްދައާ އެކު، ޔުނިފޯމް އެޅި ފުލުހެއް ކަމަށެވެ.
ފުލުހުން އެމީހާ ހައްޔަރު ކުރި ކަމަށްވަނީ މާލެއިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް