ރާއްޖޭގެ އެންމެ އާބާދީ މަދު ރަށް ވ. ތިނަދޫ ހިމެނޭ ގޮތަށް އެ އަތޮޅުގެ ތިން ރަށަކަށް ދިރާގުގެ ފައިބަރ ބްރޯޑްބޭންޑުގެ ހިދުމަތް ތައާރަފުކޮށްފި އެވެ.
ތިނަދޫގެ އިތުރުން ދެން ހިދުމަތް ތައާރަފު ކުރީ ވ. ކެޔޮދޫ އަދި ފުލިދޫއަށެވެ. ފައިބަރ ބްރޯޑްބޭންޑަކީ، ބްރޯޑްބޭންޑް ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީ އެވެ.
ދިރާގުން ބުނީ ރާއްޖޭގެ އެންމެ ބޮޑު އާބާދީތަކުން އެންމެ ކުދި އާބާދީތަކަށް ދިރާގު ފައިބަރ ބްޜޯޑްބޭންޑުގެ ހިދުމަތް ތައާރަފު ކުރުމުގެ ބޭނުމަކީ ފަހުގެ ޓެކްނޮލޮޖީ އަށް ބިނާވެފައި އޮންނަ މުވާސަލާތުގެ ހިދުމަތް ފޯރުކޮށްދިނުން ކަމަށެވެ.
އަލަށް މި ތިން ރަށަށް ދޭން ފެށި ހިދުމަތުގެ ދަށުން ޕްރޮމޯޝަނެއްވެސް ވަނީ ފަށާފައި އެވެ. އެގޮތުން ހިދުމަަތަށް އެދޭ ފަރާތްތަކަށް ކަނެކްޝަން ގުޅައިދޭނީ އެއްވެސް ފީއަކާ ނުލާ ކަމަށް ދިރާގުން ބުނެ އެވެ.
ދިރާގު ފައިބަރ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑު، 100 އެމްބީޕީއެސްއާއި ހަމަޔަށް ހިމެނޭ އަދި އެންމެ ބޮޑު އެލަވަންސްތައް ހިމެނޭ 1ޓީބީގެ ޕެކޭޖްވެސް އެކުލެވިގެންވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް