ހިތުގެ އާލާސްކަންފުޅަކަށް އައިޖީއެމްއެޗުގައި ފަރުވާ ހޯއްދަވަމުން ގެންދަވާ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމާ ބައްދަލު ކުރެއްވުމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދާއި ސްރީލަންކާއަށް އަލަށް ކަނޑައެޅުއްވި ސަފީރު މުހައްމަދު ހުސައިން ޝަރީފު (މުންދު) އައިޖީއެމްއެޗަށް ވަޑައިގެންފި އެވެ.
އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާއެއްގައި ދެއްކެވި ވާހަކަތަކަކާއި ގުޅިގެން މެންބަރުންނަށް ރިޝްވަތުދެއްވިކަމަށް ސާބިތުކޮށް ގާސިމް ތިން އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު އެވެ. ގާސިމްގެ ޣައިރު ހާޒިރުގަ ހުކުމް ކުރީ `
އަޒްލީން އާއި މުންދުގެ މި ޒިޔާރަތަކީ ރައީސް އަބްދުﷲ ޔާމީންގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ކުރެއްވި ޒިޔާރަތެކެވެ. ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު މީޑިއާގައި ވިދާޅުވީ އެ ޒިޔާތަކީ ބަލިމީހުންނަށް ގޮވާލާ އުސޫލުން ކުރެއްވި ޒިޔާރަތެއް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.
ރައީސްގެ މަންދޫބުންގެ އިތުރުން މިއަދު ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުން ވަނީ ގާސިމްގެ އަރިހަށް ޒިޔާރަތް ކުރައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް