ސަންޖޭ ދަތަށް 60 އަހަރު ފުރިއްޖެ

ބޮލީވުޑް ބަތޮލު ސަންޖޭ ދަތަށް މިއަދު 60 އަހަރު ފުރިއްޖެއެވެ. ބޮލީވުޑް ހަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓްކޮށްފައިވާގޮތުގައި ސަންޖޭ ދަތު އޭނާގެ 60 ވަނަ އުފަން ދުވަސް ފާހަގަ ކުރަނީ އޭނާގެ އާއިލާ އާއި ...

29 Jul 2019 | 07:26

ބޮލީވުޑް ބަތޮލު ސަންޖޭ ދަތަށް މިއަދު 60 އަހަރު ފުރިއްޖެއެވެ. ބޮލީވުޑް ހަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓްކޮށްފައިވާގޮތުގައި ސަންޖޭ ދަތު އޭނާގެ 60 ވަނަ އުފަން ދުވަސް ފާހަގަ ކުރަނީ އޭނާގެ އާއިލާ އާއި އެކުގައެވެ.

29 ޖުލައި 1959ގައި އުފަންވި ސަންޖޭ ދަތަކީ ކުރީގެ އެކްޓަރު ސުނިލް ދަތު އަދި އެކްޓްރެސް ނަރްގިސްގެ ދަރިއެކެވެ.

ސަންޖޭ ދަތު އެންމެ ފުރަތަމަ ފިލްމެއް ކުޅުނީ 1981 ވަނަ އަހަރުގައެވެ. އެއީ ފިލްމު ރޮކީ އެވެ.

އެއަށްފަހު ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވެއެވެ.

ސަންޖޭ ދަތު ފާހަގަވެގެންދާ އެއް ކަމަކީ ޓެރަރިސްޓެއްގެ ގޮތުގައި ލޭބަލް ކުރެވި ދެ ފަހަރެއްގެ މަތިން ޖަލަށް ލާފައިވުމެވެ. އަދި މަސްތުވާތަކެއްޗާއި ރާ ބުއިމުގައި ކެރިއަރ ހަލާކޮށްލިއެވެ. ނަމަވެސް އެނބުރި އައިސް އޭނާ ވަނީ އަލުން ފިލްމު ކުޅެން ފަށާފައެވެ. ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް "ސަންޖޫ" މި ނަމުގައި ފިލްމެއްވެސް ހަދާފައިވެއެވެ.

ސަންޖޭ ދަތުގެ އެއް ފިލްމު މި އަހަރު މިހާތަނަށް ރިލީޒްކޮށްފައިވާއިރު ހަތަރު ފިލްމެއްގެ މަސައްކަތް ދަނީ ކުރިއަށެވެ. އަންނަ އަހަރު ދެ ފިލްމެއް ރިލީޒްވާނެކަން އިއުލާނު ކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް