މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) ގެ ހިއްސާ ގަތުމުގެ ފޯމުތައް ބަލައިގަތުމަށް ހާއްސަ ކަލެކްޝަން ސެންޓަރެއް ހުޅުވައިފިއެވެ.
އެމްއައިބީ އިން މި ސެންޓަރު މިއަދު ހުޅުވާފައި ވަނީ މެޑިކާ ހޮސްޕިޓަލު ކުރިމަތީގައި ހުންނަ މ. ފާމުދޭރި ބިލްޑިންގް ގައެވެ. މި ސެންޓަރު ފޯމު ބަލައިގަތުމަށް ހާއްސަކުރެވިފައިވާއިރު، އެމްއައިބީގެ ހުރިހާ ބްރާންޗަކުން ވެސް ފޯމް ބަލައިގަންނާނެއެވެ.
އެމްއައިބީ އިން ވަނީ އިއްޔެ އާންމުންނަށް ހިއްސާ ވިއްކަން ފަށައިފައެވެ. އެގޮތުން އަންނަ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް އެ ބޭންކުން ހިއްސާ ވިއްކަން ފަށާއިފައިވާއިރު، އެމްއައިބީގެ 31 އިންސައްތަ ހިއްސާ ވިއްކަން ވަނީ ހަމަޖެހިފައެވެ.
އެ ބޭންކުގެ ހިއްސާ އެންމެ މަދުން ގަނެވޭނީ 35ރ. ގެ މަގުން 20 ހިއްސާއެވެ. އަދި 10 ހިއްސާ އިތުރު ކުރުމުގެ ފުރުސަތު އޮންނާނެ އެވެ.
މި ހިއްސާތައް ވިއްކައިގެން އެމްއައިބީ އަށް 244 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އެބޭންކުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް