ދިވެހިބަހުގެ އާ ލަފްޒުތައް ހެދުމުގެ އުސޫލުތަކަށް ބަދަލު ގެންނަން ޖެހޭކަމަށް ގަބޫލުކުރައްވާކަމަށް އާޓްސް، ކަލްޗާ އަދި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ ޔުމްނާ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ ލަފްޒު ހަދަނަވާނީ އާންމުންގެ ހިޔާލާއެކު ގިނަ ބަޔަކަށް ކިޔަން ފަސޭހަ ގޮތަކަށް ކަމަށާއި އެކަމާ ބެހޭ ގޮތުން ބަހުގެ އެކަޑެމީއާ މަޝްވަރާކުރަމުން އަންނަ ކަމަށެވެ.
ދިވެހި ބަހުގެ އެކަޑެމީއިން ހެދި ބަސްތަކަށް އާންމުންގެ ފާޑުކިޔުންތަކެއް އަމާޒުވެފައިވުމާ ގުޅީގެން އެ އެކަޑެމީ އިން ކޮއްފައިވާ ޓްވީޓެއްގައި ބުނެފައިވަނި އެ ބަސްތަކަކީ އައިޖީއެމްއެޗުގެ އެދުމަކަށް ފަންނީ ކޮމެޓީއިން ކޮއްފައިވާ މަސައްކަތެއްކަމަށެވެ. އަދި މި މަސައްކަތް ކޮއްފައިވަނީ ކަމާބެހޭ ފަރާތްތަކުގެ ލަފާ ހޯދުމަށް ފަހުކަމަށްވެސް ބުނެފައިވެއެވެ.
ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ބުނެފައިވަނީ އެއީ ކިޔަން އުނދަގު ދިވެހިންނާ ބީރައްޓެހި ބަސްތަކަކަށް ވާކަމަށާއި މިއީ ދިވެހިން ބޭނުން ކުރާނެ ބަސްތަކެއް ނޫން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް