ކަރީނާ ކަޕޫރަކީ ބޮލީވުޑްގެ އެންމެ ސްޓައިލިޝް އެކްޓަރުންގެ ތެރޭގައި ފާހަގަކޮށްލެވޭ ބަތަލާއެކެވެ. އާންމު ގޮތެއްގައި ބޮލީވުޑްގެ ކޮންމެ އެކްޓްރެސް އެއް ވެސް ލައި އުޅެނީ އެންމެ ސްޓައިލިޝް އަދި އެންމެ އަގުބޮޑެތި ހެދުންތަކެވެ.
ދާދިފަހުން އާއިލާ އާއި އެކީ ބެންޑްރާ އިން ކަރީނާ ފެނިގެން ދިޔައީ ރެއިންބޯ އެއް ޖަހާފައިވާ އާދައިގެ ޓޮޕްކޮޅަކުންނެވެ. ގިނަ ބައެއްގެ ސަމާލުކަން ހޯދި މި ޓޮޕްކޮޅުގެ އަގަކީ ކިހާވަރެއްތޯ ގިނަބަޔަކު ސުވާލު އުފައްދަމުން ދިޔައެވެ.
މި ޓޮޕްކޮޅުގެ އަގަކީ 4900 ރުޕީސްއެވެ. މިއީ ކޮންމެ މީހަކަށް ވެސް ގަނެލެވޭނެ ވަރުގެ ޓޮޕްކޮޅެކެވެ.
ބޮލީވުޑް ހަބަރުތައް ބުނާގޮތުގައި އަބަދުމެ އަގުބޮޑެތި ހެދުންލާ ކަރީނާ، މިހާ އަގުހެޔޮ ޓޮޕެއް ލައިގެން ހުރުމުން ހައިރާންވާކަމަށް ފާހަގަކޮށްފައިވެއެވެ. ކަރީނާ އަކީ އަބަދުވެސް ލާ ހެދުމުން ފެށިގެން އަރާ ފައިވާނަށް ދަންދެން އެންމެ ސްޓައިލިޝް އެއްޗެހި ބޭނުންކުރާ އެކްޓްރެސް އެކެވެ. ކިތަންމެ އާދައިގެ ގޮތަކަށް ހެދުން އަޅައިގެން ހުރި ނަމަވެސް އަބަދުވެސް ކަރީނާ ފެނިގެން ދާނީ އޭނާގެ އަމިއްލަ ސްޓައިލެއްގައެވެ.
ކަރީނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ އަންނަ މަހު ޝޫޓް ކުރަން ހަމަޖެހިފައިވާ ހިންދީ މީޑިއަމްގެ ސީކުއަލް އަންގެރޭޒީ މީޑިއަމް އިންނެވެ. އެ ފިލްމްގެ މަސައްކަތް ކުރުމަށް ކަރީނާ އަންނަ މަހުގެ ތެރޭގައި ޔޫކޭ އަށް ފުރާނެ ކަމަށް ބޮލީވުޑްގެ ހަބަރުތައް ބުނެއެވެ. މި ފިލްމުން ކަރީނާ އާއި އެކީ ދެން ފެނިގެންދާނީ އިރްފާން ޚާން އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް