އެމްޕީއެލްގެ ބަހަކާއި ބައިސްކަލެއްޖެހި އެކްސިޑެންޓު ވެއްޖެ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް)ގެ ބަހަކާއި ބައިސްކަލެއްޖެހި އެކްސިޑެންޓު ވެއްޖެއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު 09:07 ހާއިރު ގްރޭޓާ މާލެ ބަސް ޓާމިނަލް އިން ނިކުމެގެންދިޔަ އެމްޕީއެލްގެ...

29 May 2019 | 07:54

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް)ގެ ބަހަކާއި ބައިސްކަލެއްޖެހި އެކްސިޑެންޓު ވެއްޖެއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު 09:07 ހާއިރު ގްރޭޓާ މާލެ ބަސް ޓާމިނަލް އިން ނިކުމެގެންދިޔަ އެމްޕީއެލްގެ ބަހަކާއި ބޮޑުތަކުރުފާނު މަގުގެ އިރުން ހުޅަނގަށް ދުއްވާފައިދިޔަ ބައިސްކަލެއް ޖެހިގެންނެވެ.

ފުލުހުން ބުނެފައިވަނީ ބަސް ދުއްވަންއިން ޑްރައިވަރަކީ ލައިސެންސް އޮންނަ ފަރާތެއްކަމަށެވެ. އަދި މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން މިހާރު ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް