ތިނަދޫގައި މަރުވި މީހަކު ކޯވިޑަށް ޓެސްޓު ކުރަނީ، ވަޅުލީ ތަޔަމްމަމް ކުރުމަށް ފަހު

ގދ. ތިނަދޫ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ހޯދަމުން ދަނިކޮށް މަރުވި މީހަކު ކޯވިޑް-19 އަށް ޓެސްޓު ކުރަން ނިންމައިފި އެވެ. އެމީހާ މަރުވީ އައިސީޔޫގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދާތާ ...

28 Apr 2020 | 21:00

ގދ. ތިނަދޫ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ހޯދަމުން ދަނިކޮށް މަރުވި މީހަކު ކޯވިޑް-19 އަށް ޓެސްޓު ކުރަން ނިންމައިފި އެވެ.

އެމީހާ މަރުވީ އައިސީޔޫގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދާތާ ތިން ދުވަސް ފަހުންނެވެ. އެމީހާ ކޯވިޑަށް ޓެސްޓު ކުރަން ސާމްޕަލް ނެގީ މަރުވުމުގެ އެއް ދުވަސް ކުރިން ނެވެ.

އެއީ ގދ. މަޑަވެއްޔަށް ނިސްބަތްވާ އުމުރުން ދުވަސްވީ ފިރިހެނެކެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ އެމީހާ އެޑްމިޓް ކުރީ ފުއްޕާމެއާ ބެހޭ ބައްޔަކާއި ގުޅިގެން ކަމަށެވެ. މަބްރޫކް ވިދާޅުވީ އެމީހާގެ ކަށުކަމާކެމީގެ ކަންކަން ކުރިޔަށް ގެންދިޔައީ އެކަމަށް ތަމްރީން ލިބިފައިވާ މީހުން ކަމަށެވެ.

މޫނު ދެއްކުންވެސް ކުރިޔަށް ގެންދިޔަ ކަމަށާއި ސާމްޕަލް ނަގައި، ޓެސްޓްކުރާ އިރު، ނަތީޖާ ނުލިބެނީސް ޖަނާޒާ ބާއްވާ ނަމަ ޖަނާޒާގެ ކަންތައް ކުރިއަށް ގެންދާނީ ކޯވިޑް-19 ގައި މަރުވާ މީހެއްގެ ޖަނާޒާ ކުރިއަށް ގެންދާ އުސޫލުން ރައްކާތެރި ކަމުގެ ފިޔަވަޅުތަކާ އެކުގަ އެވެ. ހަމައެކަނި ހިނގާދިޔަ ހިތްހަމަ ނުޖެހުމަކީ އާއިލާއިން މައްޔިތާގެ ހަށިގަނޑު ރަށަށް ގެންދަން ބޭނުން ވުމުން އެކަމަށް ހުއްދަ ނުދިނުން ކަމަށް މަބްރޫކް ވިދާޅުވި އެވެ.

އެކަމަކު އެމީހާ ވަޅުލީ ހިނެވުމުގެ ބަދަލުގައި ތަޔަމްމަމް ކުރުމަށް ފަހުގަ އެވެ. މިކަމާ ގުޅިގެން މަބްރޫކް ވިދާޅުވީ ހޮސްޕިޓަލުން ޖަމާއަަތްތެރިންނަށް ލަފާދީފައި ވަނީ އޭނާ ހިނަވައިގެން ޖަނާޒާ ކުރިއަށް ގެންދަން ކަމަށާއި އެކަމަށް ބޭނުންވާ ޕާސަނަލް ޕްރޮޓެކްޓިވް އިކްއިޕްމެންޓް (ޕީޕީއީ) ވެސް ފޯރުކޮށްދިން ކަމަށެވެ.

ތަޔަމްމަމް ކުރަން ނިންމީ ޖަމާއްތެރިންް ކަމަށް އޭނާ ވިދާޅުވި އެވެ.

މި ހާދިސާ އާއި ގުޅިގެން މަރުވި މީހާގެ އާއިލާއިން ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށް ސޯޝަލް މީޑިއާގައި ވާހަކަދައްކާފައި އެވެ. އެ އާއިލާއިން ބުނީ އެޗްޕީއޭއިން ހުއްދަ ދިނުމުންވެސް ބައްޕަގެ މޫނު ބަލަން ތިނަދޫއަށް އެރުމުގެ ހުއްދަ ކާފަ ކިޔާ ކުދިންނަށް އެ ރަށު ކައުންސިލުން ދީފައި ނުވާ ކަމަށެވެ.

އަދި އެމީހުންގެ ބައްޕައަކީ ކޯވިޑަށް ޝައްކު ކުރެވޭ މީހެއް ކަމަށް ހޮސްޕިޓަލްގެ މުވައްޒަފުން ނިންމި އިރު އެ މުވައްޒަފުން އައިސޮލޭޓް ނުވެ މަސައްކަތައް ނުކުންނާތީ އެކަމުގެ ހިތްހަމަ ނުޖެހުން ފާޅު ކުރި އެވެ. އަދި އެމީހުން ވަނީ ތަޔަމްމަމްކޮށް ވަޅުލުމުން އެކަމާވެސް ހިތްހަމަ ނުޖެހުން ފާޅުކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް