ރައްޔިތުން މަޖިލީހުގެ މާހެފުމުގައި ރައީސް ސޯލިހު ބައިވެރިވެ ވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މިއަދު ބޭއްވި މާހެފުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެ ވަޑައިގެންފިއެވެ. މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މެމްބަރުންނާ އެކު ބ...

29 Apr 2019 | 07:59

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މިއަދު ބޭއްވި މާހެފުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެ ވަޑައިގެންފިއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މެމްބަރުންނާ އެކު ބޭއްވި މާހެފުމުގައި ރައީސް ސޯލިހު ބައިވެރިވެ ވަޑައިގެންފައި ވަނީ މިއަދު ހެނދުނު 10:00 ގައި ފެށި މަޖިލީހުގެ ހުސްވަގުތުކޮޅުގަ އެވެ.

މި މާހެފުމުގައި ޔޫތު މިނިސްޓަރު އަދި މި ދައުރުގެ ގަލޮޅު ދެކުނު ދާއިރާ މެބްބަރު، އަހްމަދު މަހްލޫފާއި ފޮރިން މިނިސްޓަރު އަދި މި ދައުރުގެ ހެންވޭރު އުތުރު ދާއިރާގެ އިންތިހާބީ މެމްބަރު އަބްދުﷲ ޝާހިދުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

https://twitter.com/Roxeyna/status/1122750889821782016

މިއަދު ބޭއްވި ޖަލްސާއަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފަހު ޖަލްސާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް