ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން އިން މިއަހަރުގެ ރަމަޟާން މަހު ހިދުމަތް ދިނުމަށް ނަންބަރު ދޫކުރުމާއި ފޯމުބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިތައް އިއުލާން ކޮއްފިއެވެ.
އެގޮތުން ފޯމް ބަލައިގަތުމަށް ނަންބަރު ދޫކުރުން ހަމަޖެހިފައިވަނީ 9:00 އިން 12:00 އަށެވެ. އަދި ކާޑު ހަވާލުކުރުމަށް ނަންބަރު ދޫކުރުން ހަމަޖެހިފައިވަނީ 9:30 އިން 12:15 އަށެވެ. މީގެއިތުރުން އަތޮޅުތެރޭން ހުށައަޅާފައިވާ ކަޑުތައް ދޫކުރުމާއި މައުލޫމާތު ސާފުކުރުމަށް ނަންބަރު ދޫކުރުން ހަމަޖެހިފައިވަނީ 9:05 އިން 11:30 އަށެވެ.
މި އިއުލާނުގައި ބުނެފައިވަނީ ފޯމް ބަލައިގަތުމަށް ދުވާލަކު ދޫކުރާނީ 100 ނަންބަރު ކަމަށާއި އަތޮޅުތަކުން ފޮނުވާ ކާޑުތައް ހަވާލުކުރުމަށް ދުވާލަކު ދޫކުރާނީ 35 ނަންބަރު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް