ރާއްޖޭގެ ހާލަތު މިހާރު އޮތް ގޮތުން ރާއްޖެއަށް ބޭނުންވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވިސްނުމާއި، ފިކުރު ކަމަށާ އިދިކޮޅުގައި އެހެން އިތުރު ފިކުރެއް ނެތް ކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ޝިޔާމު މިހެން ވިދާޅުވީ، އިދޮކޮޅު ސިޔާސީ ފިކުރަށް ކޮޅު ބެދިފައިވާ ކަމަށާއި ބޭނުންވަނީ އާ ވިސްނުމެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް އުމަރު ނަސީރު ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދުދެއްވަމުން ކުރެއްވި ޓުވީޓެއްގައެވެ.
ޝިޔާމު ވިދާޅުވީ، ގައުމު މިހާރު ދަތުރުކުރަމުންދާ މިސްރާބާމެދު އެއްވެސް އަމިއްލަ އެދުމެއް ނެތި ވިސްނާ ކަމަށްވާނަމަ މި ގައުމަށް ބޭނުންވަނީ ރައީސް ޔާމީންގެ ފިކުރުކަން އެނގޭނެ ކަމަށެވެ.
ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލީ އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ފައިސާ ވަން އެސްއޯއެފް ކުންފުނީގެ އެކައުންޓަން ދެ ޗެކަކަކުން އިސްލާމިކް ބޭންކްގައި އޮންނަ ސޭވިން އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް