ރޭގެ ފޭރުމުގައި ސުވާލު އުފެދޭ ކަންތައްތަކެއް

މާލޭގައި ރޭ މީހެއްގެ ވޮލެޓް ފޭރިގަތުމަށް އޭނާ އަށް ހަމަލާދީ ޒަހަމްކޮށްލި ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައިގައި ސުވާލު އުފެދޭ ކަންތައްތަކެއް ފާހަގަ ކުރެވުމުން، އިތުރަށް އެކަން ބަލަމުން އަންނަ ކަމަށ...

28 Dec 2019 | 08:44

މާލޭގައި ރޭ މީހެއްގެ ވޮލެޓް ފޭރިގަތުމަށް އޭނާ އަށް ހަމަލާދީ ޒަހަމްކޮށްލި ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައިގައި ސުވާލު އުފެދޭ ކަންތައްތަކެއް ފާހަގަ ކުރެވުމުން، އިތުރަށް އެކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ރޭ ބޮޑުތަކުރުފާނު މަގުގައި އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނަކަށް ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފޭރުމުގެ މައްސަލަ ތަހުގީގު ކުރުމުގެ ތެރެއިން ސުވާލު އުފެދޭ ކަންތައްތަކެއް ފާހަގަ ކުރެވުނަސް އޭގެ ތަފްސީލެއް ފުލުހުން އަދި ނުދެ އެވެ.

އެ މީހާގެ އަތުގެ ކުޑަހުޅުން މަތިން 2-3 އިންޗިއެއްހާ ތަން ފުންކޮށް ކަފާލާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ނަމަވެސް އެނގިފައިވާ ގޮތުގައި ހަމަލާ ދިނީ ފޭރުމެއްގެ ތެރޭގައި ކަމަށް ބުނެ އެ މީހާ ދޮގު ހަދަމުންދާ ކަމަށް ފުލުހުންގެ ތަހުގީގަށް މިހާރު ވަނީ ފާހަގަ ކުރެވިފަ އެވެ. އަދި އެއީ ފޭރުމުގެ މައްސަލައެއް ކަމަކަށް ތަހުގީގަށް މިހާރު ގަބޫލެއް ނުކުރެވެ އެވެ.

އެ ހާދިސާގައި އަނިޔާވެފައި ވަނީ ކުށުގެ ރެކޯޑު ވެސް އޮންނަ މީހެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް