ނޯރާ ފަތޭހީގެ އާ ލަވަ – ވަރަށް ހޫނު ގަދަ !

ބޮލީވުޑްގެ އައިޓަމް-ގާލް، ނޯރާ ފަތޭހީގެ އާ ލަވައެއް ޓީ-ސީރިޒް އިން ރިލީޒް ކޮށްފިއެވެ. މި ލަވައަކީ ވަރުން ދަވަން އާއި ޝްރައްދާ ކަޕޫރާއި މަޝްހޫރު ކޮރެއޯގްރާފަރު ޕްރަބޫ ދޭވާ އަދި ނޯރާ ފަތޭހީވެސް ފެނިގެން...

28 Dec 2019 | 07:51

ބޮލީވުޑްގެ އައިޓަމް-ގާލް، ނޯރާ ފަތޭހީގެ އާ ލަވައެއް ޓީ-ސީރިޒް އިން ރިލީޒް ކޮށްފިއެވެ.

މި ލަވައަކީ ވަރުން ދަވަން އާއި ޝްރައްދާ ކަޕޫރާއި މަޝްހޫރު ކޮރެއޯގްރާފަރު ޕްރަބޫ ދޭވާ އަދި ނޯރާ ފަތޭހީވެސް ފެނިގެންދާނެ ފިލްމު، ސްޓްރީޑް ޑާންސަރ 3ޑީ ގެ ލަވައެކެވެ.

މި ލަވައިގާ އެކްޓްކޮށްފައިވަނީ ނޯރާ ފަތޭހީ އާއި ވަރުން ދަވަން އެވެ. މިލަވަ ރިލީޒް ކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުގައެވެ. މިހާތަނަށް މިލަވަ 40 މިލިޔަނަށްވުރެ ގިނަ މީހުން ބަލާފައިވެއެވެ.

ނޯރާ ފަތޭހީ މީގެ ކުރިން އެކްޓްކޮށްފައިވާ އައިޓަމް ލަވަތަކަށްވެސް ބޮޑު ތަރުހީބެއް ލިބިގެންގޮސްފައިވެއެވެ.

ރެމޯ ޑެ ސޫޒާ ޑައިރެކްޓް ކުރާ ސްޓްރީޓް ޑާންސަރ 3ޑީ އަކީ އިންޑިއާއާއި ޕާކިސްތާނަށް ނިސްބަތްވާ ދެ ޑާންސްގްރޫޕްގެ ދެމެދުގައި ހިނގާ ކަންތައްތަކެއް ދައްކުވައިދޭ ފިލްމެކެވެ.

https://www.youtube.com/watch?v=q_0uF80IZXM

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް