ދިވެހިރާއްޖޭގެ އަގުހުރި ހިދުމަތްތަކެއް ހިދުމަތްތަކެއް ކުރައްވާފައިވާ ތާރީހީ ލިޔުންތެރިޔާ، މުހައްމަދު ވަހީދު ނަދުވީ އަވަހާރަވެއްޖެއެވެ.
ދުވަހަށް މައުލޫމާތުލިބިފައިވާގޮތުގައި ނަދުވީ މިއަދު އަވަހާރަވީ މީގެ ދުވަސްކޮޅެއް ކުރިން ހާލުކޮޅު ދެރަވެ އައިޖީއެމް ހޮސްޕިޓަލުގައި އެޑްމިޓު ކޮށްފައިވަނިކޮށެވެ.
އަވަހާރަވި އިރު ނަދުވީގެ އުމުރުފުޅަކީ 62 އަހަރުފުޅެވެ. ދެބޭފުޅުން ލިބިވަޑައިގެންފައިވާއިރު އިސްލާމިކް ޔުނިވާސިޓީގެ މިހާރުގެ ޗާންސެލަރ އާލާ ދީދީއަކީވެސް ނަދުވީގެ ބޭފުޅެކެވެ.
ނަދުވީ އަވަހާރަވިއިރު އަދާކުރައްވަމުން ގެންދެވި ވަޒީފާ އަކީ ދިވެހި ބަހުގެ އެކެޑަމީގެ ތާރީހާ ބެހޭ ބައިގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމެވެ.
ނަދުވީ ވަނީރާއްޖެއާއި ރާއްޖެއިން ބޭރުގައި ދިވެހި ތާރީހާއި ގުޅޭގޮތުން ގިނަ ދިރާސާތަކެއް ކުރައްވާ ތާރީހީ ގިނަ ލިއުންތަކެއް ލިއުއްވާއެވެ. ރާއްޖެ އިސްލާމްވީ ގޮތާއިގުޅޭގޮތުންވެސް ނަދުވީވަނީ ފޮތެއް ލިޔުއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް