ތަޅައިގެން ދިޔަސް ގުޅުވާލެވޭ ބިއްލޫރިއެއް އުފައްދައިފި

ތަޅައިގެން ދިޔަސް، އަލުން ގުޅުވާލެވޭ ބިއްލޫރިއެއް ޖަޕާނުގެ ރިސާޗަރަކު އުފައްދައިފި އެވެ. ޑރ. ޔޫ ޔަނަގިސާވާ ނަމަކަށް ކިޔާ ރިސާޗަރަކު ބުނެފައިވަނީ އޭނާއަށް މި އުފެއްދުން އީޖާދު ކުރެވުނީ ހަމަ ކުއްލިއަކަށ...

28 Dec 2017 | 04:36

ތަޅައިގެން ދިޔަސް، އަލުން ގުޅުވާލެވޭ ބިއްލޫރިއެއް ޖަޕާނުގެ ރިސާޗަރަކު އުފައްދައިފި އެވެ.

ޑރ. ޔޫ ޔަނަގިސާވާ ނަމަކަށް ކިޔާ ރިސާޗަރަކު ބުނެފައިވަނީ އޭނާއަށް މި އުފެއްދުން އީޖާދު ކުރެވުނީ ހަމަ ކުއްލިއަކަށް ދިމާވި ކަމަކުން ކަމަށެވެ.

ޑރ. ޔޫ ވަނީ ނޫސްވެރިންނަށް އެ ބިއްލޫރީގެ ޑެމޯއެއް ދައްކާލާފަ އެވެ. އެގޮތުން އެ ވައްތަރުގެ ދެ ބިއްލޫރިކޮޅު ޖައްސާލައިގެން އިރުކޮޅަކު ހުރުމުން، އެ ބިއްލޫރި ތަތްލާ، ހަމަ ކުރިންވެސް ހުރި ގޮތަށް ބިއްލޫރި ބަދަލުވެ އެވެ.

މި އީޖާދާއެކު، މޫނުބަލާ ލޯގަނޑާއި، ކާރުގެ ބިއްލޫރިއާއި އަދި އެހެނިހެން އުފެއްދުންތައްވެސް މި ބިއްލޫރި ބޭނުންކޮށްގެން އުފެއްދިދާނެ ކަމަށް ޑރ. ޔޫ ވަނީ ބުނެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް