ބްރެޒިލްގެ ސްޓްރައިކަރެއް ނިއުރޭޑިއަންޓާއި ގުޅިއްޖެ

ބްރެޒިލްގެ ސްޓްރައިކަރެއް ކަމަށްވާ ރަފީނިއާ ނިއުރޭޑިއަންޓާއި މިއަދު ގުޅިއްޖެއެވެ. ބްރެޒިލްގެ ސްޓްރައިކަރ ރަފީނިއާ ބެޓިމް މާޓީ ނިއުރޭޑިއަންޓަށް ސޮއެކުރިކަން އެޓީމުގެ އޮފިޝަލް ވެބްސައިޓުންވަނީ ޔަގީން ކޮ...

28 Dec 2014 | 06:27

ބްރެޒިލްގެ ސްޓްރައިކަރެއް ކަމަށްވާ ރަފީނިއާ ނިއުރޭޑިއަންޓާއި މިއަދު ގުޅިއްޖެއެވެ.

ބްރެޒިލްގެ ސްޓްރައިކަރ ރަފީނިއާ ބެޓިމް މާޓީ ނިއުރޭޑިއަންޓަށް ސޮއެކުރިކަން އެޓީމުގެ އޮފިޝަލް ވެބްސައިޓުންވަނީ ޔަގީން ކޮށްދީފައެވެ. ރަފީނިއާވަނީ ބްރެޒިލް ލީގުގެ އެކި ޑިވިޝަންތަކުގެ އިތުރުން ހޮންގް ކޮންގް ޕްރިމިއަރލީގުގެ އިތުރުން ޕޯރޖުގަލްގައިވެސް ކުޅެފައެވެ.

އެގޮތުން 6 ފޫޓުގެ ދިގު ސްޓްރައިކަރ ނިއުއާއި ގުޅިފައިވަނީ ޕޯރޗުގަލްގެ ޓޮރީންސޭއިންނެވެ. ޓޮރީންސޭއަކީ ޕޯރޗުގަލްގެ އެންމެ މަތީ ފަންތީގެ ފުޓުބޯޅަ ކުޅެފައިވާ ޓީމެކެވެ. ޓޮރީންސޭވަނީ ޕޯރޗުގަލް ކަޕްގެެ ފައިނަލްވެސް ކުރިން ކުޅެފައެވެ.

މިއީ ނިއުއަށް މިސީޒަންގައި މިހާތަނަށް ގެނައި ތިންވަނަ ބިދޭސީ ކުޅުންތެރިޔާއެވެ. އެގޮތުން ރަފީނިއާވެސް ޖެނުއަރީމަހު 10 ގެ ކުރިން ޓީމާ ގުޅޭނެކަމަށް ނިއުއިން މައުލޫމާތުދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް