ލ.އަތޮޅު ކައުންސިލްގެ ތިންވަނަ ވޮލީ މުބާރާތް ފެށިއްޖެ

ލ.އަތޮޅު ކައުންސިލްގެ ތިންވަނަ ވޮލީ މުބާރާތް އިއްޔެ ހަވީރު ފެށިއްޖެއެވެ. މުބާރާތުގައި ޖުމްލަ 9 ޓީމް ބައިވެރިވެފައިވެއެވެ. އެއީ އަންހެން ޑިވިޝަންގެ 6 ޓީމާއި ފިރިހެން ޑިވިޝަންގެ 3 ޓީމެވެ. މުބާރާތުގެ ކުޅ...

28 Dec 2014 | 06:10

ލ.އަތޮޅު ކައުންސިލްގެ ތިންވަނަ ވޮލީ މުބާރާތް އިއްޔެ ހަވީރު ފެށިއްޖެއެވެ.

މުބާރާތުގައި ޖުމްލަ 9 ޓީމް ބައިވެރިވެފައިވެއެވެ. އެއީ އަންހެން ޑިވިޝަންގެ 6 ޓީމާއި ފިރިހެން ޑިވިޝަންގެ 3 ޓީމެވެ.

މުބާރާތުގެ ކުޅުން ފެށުމުގެ ގޮތުން އިއްޔެ ހަވީރު ކުޅެފައިވަނީ އަންހެންޑިވިޝަންގެ މެޗެކެވެ. މެޗުގައި ބައްދަލުކުރީ މާމެންދޫ މަސްވެރިންގެ ގުޅުން އަދި ލ.ގަމު މަތިމަރަދޫ ޒުވާނުންގެ ޖަމިއްޔާއެވެ. މިމެޗު 3 ސެޓް 2 ސެޓުން ކާމިޔާބުކުރީ މާމެންދޫ މަސްވެރިންގެ ގުޅުމެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މާމެންދޫ މަސްވެރިންގެ ގުޅުމުގެ ޖާރސީ ނަންބަރ 10 ހައްވާ ރިފާއުއެވެ.

މުބާރަތުގެ އަންހެން ޑިވިޝަންގެ ދެވަނަ މެޗުގައި ރޭ ލ.ގަމު މުކުރިމަގު ޑެވެލޮޕްމަންޓް ސޮސައިޓީ އަދި ލ.ފޮނަދޫ ހެލްޕން ހޭންޑްސް އޮފް މޯލްޑިވްސް ބައްދަލުކޮށް ސީދާ 3 ސެޓުން މެޗު ކާމިޔާބުކުރީ ލ.ފޮނަދީ ހެލްޕިން ހޭންޑްސް އޮފް މޯލްޑިވްސްއެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވފައިވަނީ ހެލްޕިން ހޭންޑްސް އޮފް މޯލްޑިވްސްގެ ޖާރސީ ނަންބަރ 15 ފާތިމަތު ޝާއިރާއެވެ.

މުބާރާތުގެ ތިންވަނަ މެޗު އަދި ފިރިހެން ޑިވިޝަންގެ ފުރަތަމަ މެޗުގައި ރޭ ލ.ފޮނަދޫ ޒުވާނުންގެ ރޫޙް އަދި ލ.ފޮނަދޫ ފިޔެސް ބައްދަލުކޮށް ސީދާ 3 ސެޓުން މެޗު ކާމިޔާބުކުރީ ލ.ފޮނަދޫ ޒުވާނުންގެ ރޫޙެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ލ.ފޮނަދޫ ޒުވާނުންގެ ރޫޙްގެ ޖަރސީ ނަންބަރ 10 އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) އެވެ.

މުބާރާތުގެ މެޗުތަށް މިއަދު ހަވީރު އަދި މިރޭވެސް ކުޅުމަށްވަނީ ހަމަޖެހިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް