ދިވެހިން އަހަރެންނަށް ފާޅު ކުރަމުންދާ ލޯބި އިހުސާސް ކުރެއްވިއްޖެ: ޝޯން ޕޯލް

ދިވެހިންގެ އޭނާއަށް ތާއީދު ކުރާ މިންވަރާއި ފާޅު ކުރަމުން އަންނަ ލޯބި އިހުސާސް ކުރެއްވިއްޖެ ކަމަށް އާ އަހަރުގެ ޝޯ ބޭއްވުމަށް ރާއްޖެ އައުމަށް ހަމަޖެހިފައިވާ ޝޯންޕޯލް ބުނެފި އެވެ. ޝޯން ޕޯލް މިހެން ބުނެފަ...

28 Dec 2014 | 05:58

ދިވެހިންގެ އޭނާއަށް ތާއީދު ކުރާ މިންވަރާއި ފާޅު ކުރަމުން އަންނަ ލޯބި އިހުސާސް ކުރެއްވިއްޖެ ކަމަށް އާ އަހަރުގެ ޝޯ ބޭއްވުމަށް ރާއްޖެ އައުމަށް ހަމަޖެހިފައިވާ ޝޯންޕޯލް ބުނެފި އެވެ.

ޝޯން ޕޯލް މިހެން ބުނެފައިވަނީ އޭނާގެ ފޭސްބުކް ޕޭޖްގައި ލިޔެފައިވާ ޕޯސްޓެއްގަ އެވެ. އެ ޕޯސްޓްގައި ބުނެފައިވަނީ ޝޯއަށް އިންތިޒާރު ކުރަމުން އަންނަ ދިވެހިންގެ މެދުގައި އޭނާއަށް އޮތް ތާއީދާއި ލޯބި އިހުސާސް ކުރެވިފައިވާކަމަށެވެ. އަދި ބައެއް ދިވެހިންނާއި ޝޯން ޕޯލް ނިސްބަތްވާ ޖަމައިކާގެ ރައްޔިތުން ހިއްސާކުރަމުންދާ ކަންބޮޑުވުންތައް އަޑު އިވިފައިވާކަމަށްވެސް ޝޯންޕޯލްގެ ޕޭޖްގައި ބުނެފައި ވެއެވެ.

ޝޯންޕޯލްގެ ޕޯސްޓްގައި އިތުރަށް ބުނެފައިވަނީ ރާއްޖެއިން ދައުވަތު ދިން ކަމަށްޓަކައި ޝުކުރު އަދާކުރާ ކަމަށެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް، ކަންކަން ދަސްކުރަން ބޭނުން ވަނީ އެކި ދީންތަކާއި ސަގާފަތްތަކަށް އޭނާގެ ހިތުގައިވާ ގަދަރެއްގެ ބޮޑު ކަމުން ކަމަށް ޝޯން ޕޯލް ބުންޏެވެ. އަދި އެހެން މީހުންގެ ދީނާ ބެހޭ ގޮތުން ގޮތް ކިޔައި ހަދަން ބޭނުން ނުވާ ކަމަށާއި އެ މީހަކަށް ފެނުނު އެންމެ ރަނގަޅު ގޮތަކަށް ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން އޮންނަން ޖެހޭނެ ކަމަށް ގަބޫލު ކުރާ ކަމަށްވެސް ޝޯންޕޯލްގެ ޕޯސްޓްގައި ވެއެވެ.

އާ އަހަރުގެ ޝޯ ބޭއްވުމަށް ޝޯން ޕޯލް ރާއްޖެ އައުމަށް ހަމަޖެހިފައިވާއިރު ބަޔަކު ވަނީ ޝޯންޕޯލް މަރާލާނެ ކަމުގެ އިންޒާރު ދީފަ އެވެ. އެވާހަކަ ބޭރުގެ މީޑިއާތަކުގައިވެސް ޖަހާފައިވާއިރު ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވެފައިވަނީ ޝޯންޕޯލް ރާއްޖެ ގެނައުމަށް ޝޯން ޕޯލްއާއި އޭނާގެ މެނޭޖްމަންޓާ ވާހަކަދައްކަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް