ޕްރިމިއަރލީގުގެ ޑިފެންޑަރުންނަށްވުރެ ލަލީގާގެ ޑިފެންޑަރުން ހުނަރުގެ ގޮތުން މޮޅު: ޝުއަރޭޒް

އިނގެރޭސި ޕްރިމިއަރލީގުގެ ޑިފެންޑަރުންނަށްވުރެ ލަލީގާގެ ޑިފެންޑަރުން ހުނަރުގެ ގޮތުން މޮޅުކަމަށް ބަރސެލޯނާގެ ފޯވަރޑް ލުއިޒް ޝިއަރޭޒް ބުނެފިއެވެ. އިނގެރޭސި ޕްރިމިއަރލީގުގެ ލިވަރޕޫލްއިން ވޭތުވެދިޔަ ޓްރާނ...

28 Dec 2014 | 05:39

އިނގެރޭސި ޕްރިމިއަރލީގުގެ ޑިފެންޑަރުންނަށްވުރެ ލަލީގާގެ ޑިފެންޑަރުން ހުނަރުގެ ގޮތުން މޮޅުކަމަށް ބަރސެލޯނާގެ ފޯވަރޑް ލުއިޒް ޝިއަރޭޒް ބުނެފިއެވެ.

އިނގެރޭސި ޕްރިމިއަރލީގުގެ ލިވަރޕޫލްއިން ވޭތުވެދިޔަ ޓްރާންސްފަރސީޒަންގައި ބަރސާއަށް ބަދަލުވި ޝުއަރޭޒް މިހާތަނަށް 8 މެޗު ކުޅުނުއިރު، ޖެހިފައިވަނީ 1 ގޯލައެވެ. ނަމަވެސް އޭނާގެ އެސިސްޓަ ރޭޓް އަދި ކުޅުމަށްބަލާ އޭނާ ހުރީ ފޯރމް ގެއްލިފައިނޫންކަމަށް ގިނަ މީޑިއާތަށް ބުނެއެވެ. ޝުއަރޭޒްވަނީ މިހާތަނަށް ސީޒަންގައި ފަސް އެސިސްޓް ހަދާފައެވެ.

ވޭތުވެދިޔަ ސީޒަންގައި ލިވަރޕޫލްއަށް 33 މެޗުން 31 ގޯލް ކާމިޔާބުކޮށްދިން ޝުއަރޭޒްވަނީ ލަލީގާގެ ޓީމުތަކުގެ ޑިފެންސް ލައިން ކުޅޭ ގޮތާއި އިނގެރޭސި ލީގުގެ ޑިފެންޑަރުން ކުޅޭ ގޮތް ތަފާތުކަމަށް ފާހަގަކޮށްފައެވެ.

" ޕްރިމިއަރލީގުގައި ޑިފެންޑަރުން ޑިފެންޑު ކުރާއިރު ބީޓް ކޮށްފައި ދިއުމަށް ޖާގަ ލިބޭ، ޕްރިމިއަރލީގުގެ ޑިފެންޑަރުން ހަލުވިވެފައި ވަރުގަދަ ވުމުން އަހަރެން ހޭނިފައި ހުރީ ޕްރިމިއަރލީގުގެ ޑިފެންޑަރުންނަށް" ޝުއަރޭޒް ބުންޏެވެ.

"ލަލީގާގެ ޑިފެންޑަރުން ހުނަރުގެ ގޮތުން މޮޅުވުމުގެ އިތުރުން ކުޅެނީ ކުޅުންތެރިޔާގެ ކައިރިން ގަދައަށް ޖައްސައިގެން، އަދި ބަރސާއާއެކު ކުޅޭއިރު ޑިފެންޑަރުން އިތުރަށް ގަދައަށް ޖައްސާ" ޝުއަރޭޒް އިތުރަށް ފާހަގަކުރިއެވެ.

ޝުއަރޭޒް މިސީޒަންގެ ބޮޑު ބައެއް ސަސްޕެންޝަންގެ ސަބަބުން ފުޓުބޯޅައާއި ދުރުގައި ހޭދަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް