ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ގެއަކުން ގިނަ އަދަދެއްގެ ބަނގުރާ އަތުލައިގެންފި އެވެ.
ފުލުހުން ބުނީ ބަލާ ފާސްކޮށްފައިވަނީ މ.ފާމުދޭރި އާގެ ކަމަށާއި އެގެއިން ގިނަ އަދަދެއްގެ ބަނގުރާ އަތުލައިގެންފައިވާއިރު އެ ގޭގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެ ސަރަހައްދުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ ސުޕްރިޑެންޓެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ފުލުހުންގެ މި އޮޕަރޭޝަންގައި 70 ރާ ފުޅިއާއި 70 ދަޅު ރާ ދަޅު އަތުލައިގެންފައިވާކަމަށެވެ. އަދި މި މައްސަލައާއި ގުޅިގެން ބިދޭސީއަކު ހައްޔަރުކޮށްފައިވާކަމަށްވެސް ޝިފާން ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް