އެމްވީ ޕްލަސް ކޮމިއުނިޓީ އިމްޕެކްޓް އެވޯޑްސް 2026 ގައި ކޯޕަރޭޓް ޗޭންޖްމޭކަރސް އެވޯޑް ދިރާގަށް ލިބިއްޖެ އެވެ.
ކޯޕަރޭޓް ޗޭންޖްމޭކަރސް އެވޯޑަކީ މުޖުތަމަޢަށް ހެޔޮ ބަދަލު ގެނައުމަށް މަސައްކަތްކުރާ ކުންފުނިތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އެމްވީ ޕްލަސް އިން ދޭ އެވޯޑެކެވެ.
މި އަހަރު އެ އެވޯޑް ދިނުމުގައި ގައިންގަޔަށް ނާރާ ބަލިތަކާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް ޚާއްޞަ އިސްކަމެއް ދީފައިވެއެވެ.
ދިރާގަށް މި އެވޯޑް ލިބިފައިވަނީ ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް، ޓައިނީ ހާރޓްސް އޮފް މޯލްޑިވްސް އަދި ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސް ފަދަ މަދަނީ ޖަމިއްޔާތަކަށް މެދުކެނޑުމެއް ނެތި އެހީތެރިކަން ފޯރުކޮށްދެމުން ގެންދިޔުމުގެ އިތުރުން، ޝާމިލު މުޖުތަމަޢެއް ބިނާކުރުމާއި ތިމާވެށި ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތަކުގެ ސަބަބުންނެވެ.
ދިރާގުގެ އިޖުތިމާޢީ ޒިންމާ ޕްރޮގްރާމްތަކުގެ ތެރޭގައި ޑިޖިޓަލް އިންކްލޫޝަނާއި، އަންހެނުންނާއި ޒުވާނުން ބާރުވެރިކުރުވުމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިވުމާއި ތިމާވެށި ޙިމާޔަތްކުރުން ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް