ހުޅުމާލޭ ސަހަރާގެ ކައްވަޅުގައި ފެންބޮޑުވެފައި -- ފޮޓޯ: މާލޭ ސިޓީ ކައުންސިލް
ހުޅުމާލޭ ސަހަރާގައި މައްޔިތުން ވަޅުލުން ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ މިއަދު ބޯކޮށް ވާރޭވެހި ހުޅުމާލޭ ސަހަރާގައި ފެންބޮޑުވެފައިވާ ކަމަށެވެ.
ސަހަރާގެ ކައްވަޅުގައި ހަ އިންޗިއާއި ހަތް އިންޗިއާއި ދެމެދަށް ފެންބޮޑުވެފައިވާ ކަމަށް ބުނެފައިވެ އެވެ.
އެހެންވެ މިއަދުން ފެށިގެން މާލެ ސަރަހައްދުގައި މަރުވާ މީހުން ވަޅުލާނީ މާލޭ އާސާހަރާގައި ކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެ އެވެ.
ބޯކޮށް ވާރޭވެހި ހުޅުމާލޭގައި ފެންބޮޑުވެއްޖެ ނަމަ ހުޅުމާލޭ ސަހަރާގައި މައްޔިތުން ވަޅުޅުން ދޭތެރެ ދޭތެރެއިން މެދުކަނޑާލަން ޖެހެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް