ރިޔާސީ ކޮމިޝަނުން ނެރޭ ރިޕޯޓްތަކުން "ވާ ކަމެއް ނެތް" ކަމަށާއި ބޮޑެތި އަދަދުތަކުން ބަދަލު ދެނީ ވަކި ބައެއްގެ މަސްލަހަތުގައި ކަމަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ފާޑުވިދާޅުވެއްޖެއެވެ.
"ބޮޑެތި ކޮމިޝަންތައް ހަދައިގެން ނެރޭ ރިޕޯޓުން ވާ ކަމެއް ނެތް،" ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންނާ ބެހޭ ތަހުގީގުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓްތަކަށް އަމާޒުކުރައްވާ ޖަމީލް ވިދާޅުވި އެވެ.
ޔާމީނުގެ ފުރަތަމަ ނައިބު ރައީސްކަމުން ޖަމީލް ވަކިކުރީ، ކުރިން އެމަނިކުފާނު ވިދާޅުވި ގޮތުގައި، ގާނޫނުއަސާސީއާ ހިލާފަށެވެ.
ހައްޔަރުކޮށްފާނެތީ އެމަނިކުފާނު ދިރިއުޅުއްވީ އިނގިރޭސި ވިލާތަށް އަރުވާލެވިގެން ހުންނަވަ އެވެ. އެނބުރި ރާއްޖެ ވަޑައިގަތީ ރިޔާސީ އިންތިހާބުގައި ޔާމީން ބަލިވެވަޑައިގަތުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް