ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑްރިންގެ ދައުވާގެ ހުކުމް ކުރުމުގެ ޝަރީއަތް މަޑުޖައްސާލުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ކްރިމިނަލް ކޯޓުގައި އެދިވަޑައިގެންފިއެވެ.
އެގޮތަށް އެދިފައިވަނީ އެ މައްސަލަ އާއި ގުޅިގެން ހުރި ޤާނޫނީ ކަންކަން ފާހަގަކޮށް ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައި ވުމުންކަމަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން މައުލޫމާތު ދެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑްރިންގެ ދައުވާގެ ހުކުމް ކުރުމުގެ މަޖިލިސް ތާވަލު ކޮށްފައިވަނީ މިއަދު މެންދުރު 1:30 އަށެވެ.
ރައީސް ޔާމީންގެ މައްޗަށް މަނީލޯންޑްރިންގެ ދައުވާ އުފުލާފައިވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ހިޔާނާތުގެ ފައިސާ އެ މަނިކުފާނުގެ އެކައުންޓަށް ޖަމާވި މައްސަލައިގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް