މިނިސްޓަރ އޮފް ސްޓޭޓްގެ މަގާމަށް ހަ ބޭފުޅަކު އައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ސްޓޭޓްގެ މަޤާމަށް ހަ ބޭފުޅަކު މިއަދު ޢައްޔަން ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިނިސްޓަރ އޮފް ސްޓޭޓްގެ މަޤާމަށް އައްޔަން ކުރެއްވ...

28 Nov 2018 | 13:15

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ސްޓޭޓްގެ މަޤާމަށް ހަ ބޭފުޅަކު މިއަދު ޢައްޔަން ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިނިސްޓަރ އޮފް ސްޓޭޓްގެ މަޤާމަށް އައްޔަން ކުރެއްވި ބޭފުޅުންނަކީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ މަޤާމަށް، ގަލޮޅު ކަނޑުވައިގެ އަޙްމަދު އަފްޟަލް އިބްރާހީމާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތުގެ މަޤާމަށް، މާފަންނު އޯޝޭނިއާ މުޙައްމަދު ޒުހެއިރާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތުގެ މަޤާމަށް، ވިލިމާލެ ފަށާމަންޒިލް ޑޮކްޓަރ ޝާހް ޢަބްދުﷲ މާހިރާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިއުކޭޝަންގެ މަޤާމަށް އައްޑުއަތޮޅު ހިތަދޫ ރަށްދެބައިގެ ފާޠިމަތު ނަޞީރާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ  ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ މަޤާމަށް، އައްޑުއަތޮޅު ހިތަދޫ ރޭއަލިވާގެ އަޙްމަދު ޒުހައިރާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓޫރިޒަމްގެ މަޤާމަށް، ދަފްތަރު ނަންބަރު ރސ  1861އަޙްމަދު ޞާލިޙެވެ.

ރައީސުލްޖުމްހޫރިއްޔާ މި ހަ ބޭފުޅުން މަޤާމުތަކަށް ޢައްޔަނުކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) އިން އެމަނިކުފާނަށް ލިބިދޭ ބާރުގެ ދަށުންނެވެ. މިބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ދެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް