ފަރަށް އަރާފައިވާ ލޭންޑިންގ ކްރާފްޓަކަށް ކޯސްޓުގާޑުން އެހީތެރިކަން ފޯރު ކޮށްދެނީ

ފަރަށް އަރާފައިވާ "ޝަނީމް" ނަމަކަށް ކިޔާ ލޭންޑިންގ ކްރާފްޓް ފުންކުރުމުގައި އެމްއެންޑީއެފް ކޯސްޓްގާޑުން މިއަދު އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ. އެމްއެންޑީއެފް އިން ބުނެފައިވާ ގޮތުގައި 126  ފޫޓުގ...

28 Nov 2018 | 11:22

ފަރަށް އަރާފައިވާ "ޝަނީމް" ނަމަކަށް ކިޔާ ލޭންޑިންގ ކްރާފްޓް ފުންކުރުމުގައި އެމްއެންޑީއެފް ކޯސްޓްގާޑުން މިއަދު އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ބުނެފައިވާ ގޮތުގައި 126  ފޫޓުގެ މި ލޭންޑިންގ ކްރާފްޓް އަނަންތަރާ ވެލި ރިސޯރޓުގެ އިރުމަތީ ފަރާތު ފަރަށް އަރާފައިވާ ކަމުގެ ރިޕޯރޓް އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ 2018 ނޮވެމްބަރު 27 ވަނަ ދުވަހުގެ ރޭ ދަންވަރު 2:05 ހާއިރުއެވެ.

މިއަދު 13:00 ގައި މި ލޭންޑިންގ ކްރާފްޓް ކަފުޖެހުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މި ހާދިސާ ހިނގި އިރު މި ކްރާފްޓްގައި ތިން ދިވެހިންނާއި ދެ ބިދޭސީން ތިއްބެވެ. އަދި މި ހާދިސާ އާއި ގުޅިގެން އެއްވެސް މީހަކަށް ގެއްލުމެއެ ލިބިފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް