ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ގެ މަޤާމަށް ޑރ.ނަޒީރު އައްޔަން ކުރައްވައިފި

ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ގެ މަޤާމަށް އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު މިއަދު އައްޔަން ކުރައްވައިފި އެވެ. ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުނ...

28 Nov 2018 | 10:58

ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ގެ މަޤާމަށް އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު މިއަދު އައްޔަން ކުރައްވައިފި އެވެ.

ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން އައްޔަންކުރައްވާ ފަރާތެކެވެ. ޑރ. ނަޒީރު މިއަދުން ފެށިގެން މި މަޤާމަށް އައްޔަނު ކުރުމަށް ސުޕްރީމް ކޯޓުގެ ފަޑިޔާރުންގެ މަޖިލީހުން ވަނީ ނިންމާފައެވެ.

ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަކަށް މީގެ ކުރިން ހުންނެވީ ހަސަން ސަހީދެވެ. ނަމަވެސް ރިޝްވަތުގެ މައްސަލަ އެއްގައި އޭނާ ވަނީ މަގާމުން ވަކި ކުރެވިފައެވެ.

ޝަރުއީ ދާއިރާގެ އާންމު އިދާރީ އެންމެހައި ކަންތައްތައް އިންތިޒާމްކޮށް ވިލަރެސްކުރުމުގައި ހަރަކާތްތެރިވާނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނެވެ. އަދި މި އިދާރާ ހިގަމުން ދާނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަނޑައަޅާ ސިޔާސަތުތަކާއި އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް