މާލެ ތެރޭގައި މުދާ އުފުލޭ ގަނޑިތަކަށް ބަދަލު ގެނެސްފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް) އިން މުދާ ނެރި އެއެްތަނުން އަނެއް ތަނަށް ގެންދިޔުމަށް ހުއްދަ ދީފައިވާ ގަނޑިތަކަށް ބަދަލު ގެނެސްފިއެވެ. މީގެ ކުރިން މާލޭގެ މަގުތަކުގައި މުދާ އުފުލެނީ ހަވީރު 18:00...

28 Nov 2018 | 10:32

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް) އިން މުދާ ނެރި އެއެްތަނުން އަނެއް ތަނަށް ގެންދިޔުމަށް ހުއްދަ ދީފައިވާ ގަނޑިތަކަށް ބަދަލު ގެނެސްފިއެވެ.

މީގެ ކުރިން މާލޭގެ މަގުތަކުގައި މުދާ އުފުލެނީ ހަވީރު 18:00 ން އަނެއް ދުވަހުގެ ހެނދުނު 06:00 އަށެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ފިޔާ، ބިސް، އަލުވި ފަދަ އަވަހަށް ހަލާކުވާ ޒާތުގެ މުދާ، މިހާރު އެމްޕީއެލުން ނެރެގެން 24 ގަޑިއިރު ގެންދެވޭނެ ކަމަށެވެ. އަދި ކޮންމެ ދުވަހެއްގެ 15:00 އިން އަނެއް ދުވަހުގެ ހެނދުނު 06:00 އަށް ކޮންޓެއިނާ ތަކުގަ ހުންނަ މުދާ ހުސްކުރެވޭނެކަމަށެވެ.

މި ދުވަސްވަރަކީ ބޮޑު ޗުއްޓިީގެ ދުވަސްވަރަށް ވެފަ ގިނަ ވިޔަފާރިވެރިންތަކެއްގެ އެދުމުގެ މަތިން މުދާ އުފުލުމަށް ހުއްދަ ދީފައިވާ ވަގުތު މިހާރު މިވަނީ އިތުރު ކޮށްދީފައެވެ. މިއަދުން ފެށިގެން އަންނަ އަހަރުގެ ކިޔެވުން ފެށުމާއި ހަމަޔަށް އެ ގަޑިތަކުގައި މުދާ އުފުލޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް